ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރަންވީރުގެ އާ ފިލްމު “ޕްރަލޭ” ގެ ޝޫޓިން ފަށަނީ
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް، ޑައިރެކްޓަރު ޖޭ މެހެތާގެ އާ ފިލްމު “ޕްރަލޭ” ގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަވެއްޖެއެވެ. ޒޮމްބީ ތުރިލާއެއްގެ ގޮތުގައި އުފައްދާ މި ފިލްމުގެ މުހިންމު ބައިތަކެއް އޮސްޓްރޭލިއާގައި ޝޫޓްކުރުމަށް ވަނީ ނިންމާފައެވެ.

މި ފިލްމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގައެވެ. “ޕްރަލޭ” އަކީ ދުނިޔެ ހަލާކުވެ، އިންސާނުންނަށް ދިރިއުޅެން ދަތިވެފައިވާ މުމްބާއީގެ މާހައުލެއްގައި، ސަލާމަތްވުމަށް މަސައްކަތްކުރާ ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ރަންވީރު ސިންގް މިހާރުވެސް ވަނީ މި ފިލްމަށް ބޭނުންވާ ޖިސްމާނީ އަދި ނަފުސާނީ ތައްޔާރީތައް ފަށާފައެވެ.

މި ފިލްމާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއީ ރަންވީރުގެ ކެރިއަރުގައި މިހާތަނަށް ކުޅޭ އެންމެ އަގުބޮޑު ފިލްމަށް ވެގެންދާނެއެވެ. ގާތްގަނޑަކަށް 300 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޓެކްނީޝަނުން ބައިވެރިވާނެއެވެ. އަދި ފިލްމުގައި ގިނަ އަދަދަކަށް ވީއެފްއެކްސް ބޭނުންކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ކަލްޔާނީ ޕްރިޔަދަރްޝަންއެވެ. މިއީ ބޮލީވުޑް ފިލްމަކުން އޭނާ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ޑައިރެކްޓަރު ޖޭ މެހެތާއާއެކު ރަންވީރު މި ފިލްމުގެ ސްކްރިޕްޓާއި އިތުރު ކަންކަމުގައި ދުވާލަކު އެއްފަހަރު މަޝްވަރާ ކުރަމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

“ޕްރަލޭ” އަކީ ރަންވީރު ސިންގްގެ ފިލްމު “ދުރަންދަރު” އަށްފަހު އޭނާ ސޮއިކުރި އެންމެ އުންމީދީ އެއް ޕްރޮޖެކްޓެވެ. ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު އޮސްޓްރޭލިއާގައި ބާރުމިނުގައި ކުރިއަށްދާއިރު، ސަޕޯޓަރުން ތިބީ މި ތަފާތު ޒޮމްބީ ތުރިލާ ބަލާލުމަށް ކެތްމަދުވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top