ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަލީ އައްބާސް ޒަފަރާއި އަދިތުޔާ ޗޯޕްރާގެ އާ ފިލްމު 2027 ގައި
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރާއި ޔާޝް ރާޖް ފިލްމްސް (ވައިއާރުއެފް) ގެ ވެރިޔާ އަދިތުޔާ ޗޯޕްރާ އަލުން ގުޅިގެން މަސައްކަތް ފަށައިފިއެވެ. ރޮމެންޓިކް އެކްޝަން ޑްރާމާއެއްގެ ގޮތުގައި ތައްޔާރުކުރާ މި ފިލްމު ސިނަމާތަކަށް އަންނާނެ ތާރީޚަކީ 26 މާރިޗު 2027 ކަމަށް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި ނަން އިއުލާންކޮށްފައިނުވާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ 2025 ގެ މަޝްހޫރު ލޯބީގެ މިއުޒިކަލް ފިލްމު “ސައްޔާރާ” އިން އެކްޓިން ދާއިރާއަށް ތައާރަފުވެ ބޮޑު މަޤުބޫލުކަމެއް ހޯދި އަހާން ޕާންޑޭ އާއި ޝަރުވަރީ އެވެ. މީގެ އިތުރުން ބޮބީ ޑިއޯލް އާއި އައިޝްވަރީ ތާކްރޭ މި ފިލްމުގެ މުހިންމު ބައިތަކުން ފެނިގެންދާނެއެވެ. ފިލްމުގެ ބޮޑުބައެއް އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި މިހާރު ވަނީ ފިލްމުކޮށް ނިންމާފައެވެ.

މި ފިލްމުގައި ވިލަންގެ ރޯލުން ފެނިގެންދާނީ އައިޝްވަރީ ތާކްރޭ އެވެ. އޭނާގެ މި ރޯލަކީ ފިލްމުގެ ކުރިމަތިލުންތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ރޯލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ފިލްމުގެ ބަތަލު އަހާން ޕާންޑޭ ވަނީ މި އެކްޝަން ރޯލަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސްތަކެއް ވަންދެން ވަރުގަދަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ބޮކްސިން އާއި މާޝަލް އާޓްސް ހިމެނޭހެން ދުވާލަކު 5 ގަޑިއިރު އޭނާ ތަމްރީނު ހަދާފައިވެއެވެ.

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރަކީ މީގެ ކުރިންވެސް “މެރޭ ބްރަދަރ ކީ ދުލްހަން” އާއި “ގުންޑޭ” ފަދަ ކާމިޔާބު ފިލްމުތައް އަދިތުޔާ ޗޯޕްރާއާ ގުޅިގެން ގެނެސްދީފައިވާ ފަރާތެކެވެ. އަލީ އެންމެ ފަހުން ޑައިރެކްޓްކޮށްފައިވަނީ އަކްޝޭ ކުމާރާއި ޓައިގަރ ޝްރޮފްގެ “ބަޅޭ މިޔާން ޗޯޓޭ މިޔާން” އެވެ.

2027 ވަނަ އަހަރުގެ ގުޑް ފްރައިޑޭ ބަންދާ ދިމާކޮށް ރިލީޒްކުރާ މި ފިލްމަކީ ޔާޝްރާޖް ފިލްމްސްގެ އެންމެ އުއްމީދީ އެއް ޕްރޮޖެކްޓެވެ. އަހާން ޕާންޑޭ މި ފިލްމުގައި ފެނިގެންދާނެ ވަރުގަދަ ސިފަޔަކީ ބެލުންތެރިން ހައިރާންކޮށްލާނެ ފަދަ ސިފައެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top