ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސާޖިދު އަލީގެ “ހީރް ރާންޖާ” ގެ ޝޫޓިން ސެޕްޓެމްބަރު މަހު ފަށަނީ
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ އުންމީދީ އެކްޓަރު ރޯހިތު ސަރަފް ލީޑް ރޯލުން ފެނިގެންދާ އާ ފިލްމު “ހީރް ރާންޖާ” ގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ މަޝްހޫރު ޑައިރެކްޓަރު އިމްތިޔާޒް އަލީގެ ސްކްރީންޕްލޭއަކަށް، އޭނާގެ ކޮއްކޮ ސާޖިދު އަލީ ޑައިރެކްޓްކުރާ ފިލްމެކެވެ.

ވެރައިޓީ އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ސްކްރިޕްޓާއި ކާސްޓިންގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. ކުރިން މި ފިލްމުގެ ބަތަލާގެ ރޯލަށް ސާރާ އަރުޖުން ހަމަޖައްސާފައިވާ ކަމަށް އަޑުފެތުރުނު ނަމަވެސް، އެންމެ ފަހުގެ މަޢުލޫމާތުތައް ބުނާގޮތުން އޭނާ މިހާރު މި ޕްރޮޖެކްޓަކު ނެތެވެ. އޭގެ ބަދަލުގައި ފިލްމު އުފައްދާ ފަރާތްތަކުން މިހާރު ނިންމާފައިވަނީ ރޯހިތާއެކު ބަތަލާގެ ރޯލުން މުޅިން އާ މޫނެއް ތަޢާރަފުކުރުމަށެވެ.

މި ފިލްމަކީ މިއަހަރުގެ ލޯބިވެރިންގެ ދުވަހު އިޢުލާންކުރި ޕްރޮޖެކްޓެކެވެ. މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބައިވެރިވެގެން އުފައްދާ މި ފިލްމަކީ އަލީ ބްރަދާސްގެ އާ މަސައްކަތެކެވެ. މިހާރު “މިސްމެޗްޑް” ސީޒަން 4 ގެ މަސައްކަތުގައި އުޅޭ ރޯހިތު ސަރަފް ވަނީ މީގެ ކުރިން “ޑިއާ ޒިންދަގީ”، “ލޫޑޯ” އަދި “ތަގް ލައިފް” ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ.

އިމްތިޔާޒް އަލީގެ އެންމެ ފަހުގެ މަސައްކަތްތަކަށް ބަލާއިރު، އޭނާ ޑައިރެކްޓްކުރި “މައިން ވާޕަސް އާއޫންގާ” އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ނަސީރުއްދީން ޝާހް އާއި ދިލްޖީތު ދޯސާންޖް އަދި ވޭދާންގް ރައިނާ މުހިންމު ރޯލުތަކުން ފެނިގެންދިޔަ އެ ފިލްމަށް ފާޑުކިޔުންތެރިންގެ ފަރާތުންވެސް ވަނީ މަތީ ރޭޓިންއެއް ލިބިފައެވެ.

މިވެސް ކިޔާލަން:  ލޯންޗް ފެރީގެ ޚިދުމަތް ތ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް ފަށަނީ

ސެޕްޓެމްބަރު މަހު “ހީރް ރާންޖާ” ގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މިއީ ރޯހިތު ސަރަފްގެ ކެރިއަރުގައި ފާހަގަކޮށްލެވޭނެ ވަރުގަދަ ރޮމެންޓިކް ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top