އަހަރެން އޮތީ ނިދާފައެވެ. އެމީހުން އަހަރެން ޒީނަތްތެރި ކުރަމުންދިޔައީ ވަކިވަރަކަށް ނޫނެވެ.
އަހަރެން ފެންވަރުވަމުން ގެންދިޔައީ ނިކަން ލޯބިންނެވެ.
އަހަރެންގެ ގޭގައި ހިނގަމުންދިޔައީ ކޮންފަދަ އަޖައިބު ކަންތައްގަނޑެއްކަމެއްވެސް ނޭނގެއެވެ.
ކުޑަކުއްޖެއް ފަދައިން އެމީހުންގެ ކޮނޑުމަތީގައި އަހަރެން އުފުލައިގެން ގެންގުޅުނެވެ.
އަހަންނާ ގުޅުން އޮތް އެންމެން އެވަގުތު އެތާނގައި އުޅުނެވެ.
އެމީހުން ކޮންމެ މީހެއްގެ ދުލުންވެސް ކިޔަމުން ދިޔައީ އަހަރެންގެ ނަމެވެ.
ކުރިން ލޯތްބާއެކު އަހަންނަށް ދުވަހަކުވެސް ބަލައިލާފައި ނުވާ މީހުންވެސް،
އެމީހުންގެ ހިތްތަކުންވެސް އަހަންނާމެދު އޮހެމުން ދިޔައީ ލޯތްބެވެ.
އަހަރެން ނިދާފައި އޮތްތަން ފެނިފައި ކޮންމެ މީހަކު ހައިރާންވެގެން އުޅުނީ ކީއްވެގެން ކަމެއް ނޭނގުނެވެ.
ބާރުބާރަށް ރޮއެރޮއެފައި އެމީހުން އުޅުނު ގޮތުން އަހަރެން ހެއްވަމުން ގެންދިޔައެވެ.
އަހަންނަށް އޮވެވުނު މަޤާމު ފެނިފައި އަހަރެންގެ ރޫހަށް ތެޅިގަނެވުނެވެ.
އަހަރެން ވަޅުލަމުން ގެންދިޔަކަން އެނގުނު ހިނދު އެވެ.
ރޮމުން ނަމަވެސް އަހަންނަށް ހަދަމުން ދިޔަގޮތް އަހަރެންވެސް ބަލަން ހުރީމެވެ.
އެތަނުގައި އަހަރެން އަބަދަށް ނިންދެވުމަށް ބޭއްވި ކައްވަޅާއި ދިމާއަށެވެ.
ނޯޓް: މިއީ ޕާކިސްތާނުގެ މަޝްހޫރު ޅެންވެރިޔާ احمد فراز، އުރުދޫބަހުން ހައްދަވާފަައިވާ ޅެމެއްގެ ތަރުޖަމާއެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!