ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރިއްފަތުގެ ޢީދު ލަވައިގެ ވީޑިއޯގައި ބައިވެރިވާން ބޭނުންތަ؟

ކުރިއަރަމުން އަންނަ އުއްމީދީ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތުގެ ފަރާތުން އަޟްޙާ ޢީދުގެ ހަދިޔާއެއް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނައިރު މިފަހަރު ރިއްފަތު ގެނެސްދޭ ލަވައިގެ ވީޑިއޯ ގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުނަށް ހުޅުވާލައިފި އެވެ. އާއްމުގޮތެއްގައި ހިންދީ ލޯބީގެ ރާގުތަކަށް ލަވަ ހުށައަޅައިދެމުން އަންނަ ރިއްފަތު މިފަހަރު ކިޔަނީ ފޯރިގަދަ ރާގެއްގެ ލަވައެކެވެ. ރިކީ މާރޓިންގެ ‘މަރިއްޔާ’ ރާގަށް ހަދާފައިވާ ލަވައެކެވެ.

 

“މި ލަވައިގެ މިއުޒިކް ހަދާފައވަނީ ކޮއްކޮ. ލިރިކްސް ހެދީ އަޙްމަދު އިސްމާޢީލް.” މަނިކު އާޓްސް އާއި ގުޅިގެން ރިއްފަތު ނެރެން މަސައްކަތްކުރަމުން އަންނަ ޢީދު ލަވައާއި ބެހޭގޮތުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބުންޏެވެ.

 

“ވަރަށް ގިނަކުދިން ބައިވެރިކޮށްގެން ވީޑިއޯ ހަދަން ރާވާފަ އޮތީ. ބައެއް ސްޓާރުންވެސް ހިމެނޭނެ ލަވައިގަ.” ރިއްފަތުގެ ލަވައިގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވާއިރު ރިއްފަތު ބުންޏެވެ. މަނިކް އާޓްސް ގެ ފޭސްބްކް ޕޭޖްގައި ހިމަނާފައިވާ އިޝްތިހާރުގައި ރިއްފަތުގެ ޢީދު ލަވައިގެ ކުޑަ އޯޑިއޯކޮޅެއް ހިމަނާފައި ވެއެވެ.

ރިއްފަތަކީ ކުރީގެ ރީތި ހިންދީ ރާގުތަކަށް ހިތްގައިމު ލަވަތަކެއް ގެނެސްދެމުން އަންނަ ފަންނާނެކެވެ. މީގެ އިތުރުން އެކިއެކި މުނާސަބަތު ތަކާއި ގުޅުވައިގެން ލަވަ އާއި މަދަހަވެސް ރިއްފަތު އަންނަނީ ނެރެމުންނެވެ. ރާއްޖޭގައި ދެން އެންމެ އަވަހަށް ރިލީޒްވާނެ ކުޑަކުދިންގެ ޚާއްޞަ ފިލްމު “ކަނޑު އިބްލީސް” ގެ ޕްރޮޑިއުސަރަކީ ވެސް ރިއްފަތެވެ.

 

ރިކީ މާޓިންގެ ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ލަވަ ކަމަށްވާ ‘މަރިއްޔާ’ ގެ ރާގަށް ރިއްފަތު ގެނެސްދޭ “ޢީދޭ މީ ކިޔާށޭ ތަހްނިޔާ” ލަވަ ޢީދު ދުވަހު ބަލައިލަން އިންތިޒާރުކޮށްލަމާ ހިނގާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top