ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖޭ ޓީވީން ޖުމްހޫރީ ދުވަހަށް ޚާއްސަ ލަވަތަކެއް އުފައްދަން ފަށައިފި

ރާއްޖޭގެ އެންމެ މަޤްބޫލު ޓީވީ ޗެނަލް ‘ރާއްޖެ ޓީވީން’ ޖުމްހޫރީ ދުވަހަށް ޚާއްސަކޮށްގެން މުޅިން އައު ޤައުމީ ލަވަތަކެއް އުފައްދަން ފަށައިފި އެވެ.

 

ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ޑައިރެކްޓްކުރާ މި ލަވަތަކާއިމެދު ބުނީ ލަވަތައް ވެގެން ދާނީ ރާއްޖެ ޓީވީން އެކިއެކި މުނާސަބާތަކާއި ގުޅިގެން އުފައްދާ ލަވަތައް ފަދަ ތަފާތު އުފެއްދުމަކަށް ކަމަށެވެ.

 

ރާއްޖެ ޓީވީން އުފައްދަމުން އަންނަ ލަވަތަކުގެ ތެރެއިން އެއް ލަވައިގެ ވީޑިއޯ ޝޫޓްކޮށް ނިމިފައިވާ ކަމަށާއި ބައެއް ލަވަތަކުގެ އޯޑިއޯގެ މަސައްކަތް ވެސް ނިމިފައިވާކަން އާމިރު ފާހަގަކުރި އެވެ.

 

މިވަގުތު ކުރި އަށް ދަނީ ލަވަތަކުގެ ޕްރީ ޕްރޮޑްކްޝަންގެ މަސައްކަތް ކުރިއަށްދާއިރު މިހާތަނަށް ވީޑިއޯ ނިންމާފައިވާ ލަވަ ނަގައިފައިވަނީ ކ. ދިއްފުށީގައެވެ.

 

މި ޚާއްސަ ލަވަތަކުގައި ރާއްޖޭ ޓީވީގެ ބައެއް މުވައްޒަފުން ހަރަކާތްތެރި ވާނެކަމަށް ރާއްޖެ ޓީވީން ބުނެއެވެ. މި ލަވަތަކުގެ މިއުޒިކާއި ލަވަތައް ކިޔާފައި ވަނީ މިވަގުތު ރާއްޖޭގައި ތިބި މަޝްހޫރު މިއުޒީޝަނުންނެވެ.

 

މި ލަވަތަކުގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރާއްޖެ ޓީވީން ބުނެއެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top