މަޝްހޫރު ފިލްމީތަރި ނިޢުމާ މުޙައްމަދު ކެމެރާ ކުރިމަތިން ނިވައިވުމުގެ ކުރިން ފެންނާނެ އެންމެ ފަހު ވީޑިއޯ ލަވަ ދައްކައިފި އެވެ.
މި ލަވަ ދެއްކީ އައިސް ޓީވީގެ އެންމެ މަޤްބޫލު އެއް ޝޯވ “ވަރަށް ވާހަކަ”އިގެ 2018 ވަނަ އަހަރުގެ އެންމެ ފަހު ޝޯވ “ނިވައިރޯޅި ސްޕެޝަލް” އެޕިސޯޑްގެ ތެރެއިން އައު އަހަރުގެ ކައުންޓްޑައުން އަށްފަހު 00:00 ގައެވެ.
ނިއުޒޯ ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ “ސިހުރު ފަދަ ވި ކަމަނާ” ލަވަ ޑައިރެކްޓްކޮށް އެޑިޓްކޮށްފައި ވަނީ ރަވީ އާއި ރިޝްމީ އެވެ. ކެމެރާކުރީ އިބްރާހިމް ވިޝާން (ކަނޑި) އެވެ. ލަވަ ކިޔާފައިވަނީ މީރާ އެވެ.
“ނައިރޯޅި” އާއި ގުޅުވާލާފައިވާ މި ލަވައާއިމެދު ލަވައިގެ ފަންނާނު ނިޢުމާ އާއި ޑައިރެކްޓަރުން ގިނަ ވާހަކަތަކެއް ދެއްކިއެވެ. ރިޝްމީ ބުނީ މިހާ ގިނަދުވަސް ހޭދަކޮށްގެން މީގެ ކުރިން ލަވައެއް ނެގުމުގައި އޭނާ ހަރަކާތްތެރި ނުވާކަމަށެވެ. އެގޮތުން މި ލަވައިގެ ޝޫޓިން އަށް 10 ދުވަސް ހޭދަވިކަމަށް ރިޝްމީ ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މެއި 2025ޚަބަރު“ޓޫ އޮފް އަސް” އިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ފަވާލައިފި
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް
- 3 މެއި 2025ޚަބަރުބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ފައިނަލް ބާއްވާ ތާރީޚަށް ބަދަލެއް