މިއަދު ހެނދުނު މާލޭގައި ބާރު ސްޕީޑްގައި ސައިކަލް ދުއްވަނިކޮށް މާރުކޭޓް ސަރަހައްދުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލަކުން ޖެހި މިއަދު އަނިޔާވި 17 އަހަރުގެ ފިރިހެން ކުއްޖާ މިއަދު މެންދުރު ނިޔާވެއްޖެ އެވެ. ފުލުހުން މިހާރު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
މާލޭގެ މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހެދުނު 7:05 ހާއިރު ހިނގި މި އެކްސިޑެންޓަށް ފަހު ހޮސްޕިޓަލުގައި ފަރުވާދެނިކޮށް ނިޔާވެފައި ވަނީ 17 އަހަރުގެ ކުއްޖެކެވެ.
އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނެގި އިރު ވިންދު ނުޖަހާ ކަމަށް ކުރިން ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުމުން ވިންދު ވެސް ޖަހަން ފަށާފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ޚިޔާލު
