ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހިބަހުން ނަމަލް ރާޖަޕަކްސާވެސް ޓްވީޓެއް ކުރައްވައިފި

ދިވެހިން އެބަހަކަށްޓަކައި އަބަދުވެސް ފަޚުރުވެރިވާ ދިވެހި މާދަރީބަހުން ސްރީލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރުގެ ފިރިހެން ދަރިފުޅު، ނަމަލް ރާޖަޕަކްސާ ޓްވީޓެއް ކުރައްވައިފިއެވެ.

ދިވެހިބަހުން، އެހެންނަމަވެސް ތާނަ ލެޓިނުން  ނަމަލް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ: “އިބްރާހިމް މުޙައްމަދު ޞާލިޙް އާ ބައްދަލުވުމަކީ ލިބުނު ޝަރަފެއް. ސްރީލަންކާ އާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ދުވަސްވީ ރަހުމަތްތެރިކަމާމެދު ރައީސް ޞާލިޙް ދެކެވަޑައިގަންނަވާ ގޮތް ވަރަށް ޝައުޤުވެރިކަމާއެކު އެހިން.” މިހެންނެވެ.

މީގެ ކުރިން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ދިވެހިބަހުން، ތާނައަކުރުން ޓްވީޓެއް ކުރައްވާފައި ވެއެވެ. މޯދީގެ ޓްވީޓާމެދު ދިވެހިބަހަށް ލޯބިކުރާ ފަރާތްތަކުން ތަޢުރީފުކޮށްފައިވާއިރު، އެކަމަށް އެހެން ވިސްނުމެއްގައިވެސް ބައެއް ފަރާތްތަކުން ރައްދުދީފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top