ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފަންނުވެރީންގެ ފޯރަމް މިރޭ

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ ހެރިޓޭޖާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ދިވެހިބަހުގެ އެކެޑަމީއާއި ގުޅިގެން، ބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފަންނުވެރީންގެ ފޯރަމް މިރޭ ބާއްވާނެއެވެ.

ލިޔުންތެރީންނާއި ޅެންވެރީންނާއި ވާހަކަދެއްކުންތެރީންނަށް އަމާޒުކޮށްގެން ބާއްވާ މި ފޯރަމްގެ ދަޢުވަތު މިނިސްޓްރީން ވަނީ މި ދާއިރާތަކުގެ ފަންނުވެރީންނަށް އާއްމުކޮށް ފޮނުވާފައެވެ. އެގޮތުން ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްޕުޅު ކުރައްވާ ޅެންވެރީންނާއި ،ލިޔުންތެރީންނާއި ،ވާހަކަދެއްކުންތެރީންނާ ބައްދަލުކުރައްވައި ޚިޔާލު ހޯއްދެވުމަށްޓަކައި ބާއްވާ ޚާއްޞަ ފޯރަމް މިރޭ 08:45 ގައި ނޭޝަނަލް އާޓްގެލެރީގައި އޮންނާނެ ކަމަށް ބުނެފައިވެއެވެ.

މީގެ ކުރިން މިނިސްޓްރީ އޮފް އާޓްސް ކަލްޗާ ހެރިޓޭޖުން ވަނީ ފިލްމީ، މިއުޒިކީ، އާޓްސް ދާއިރާގައި މަސައްކަތްކުރައްވާ ފަންނާނުންނަށް ޚާއްޞަ ފޯރަމްތަކެއް ބާއްވާފައެވެ. އެ ފޯރަމްތަކުގައި ފަންނުވެރީން ހުށައެޅުއްވި ކަންތައްތައް ކުރެއްވުމުގެ މަސައްކަތް މިހާރުވަނީ ފައްޓަވާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top