ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަޒްހާންގެ “ބޭނުން” ރިލީޒްކޮށްފި

ރާއްޖޭގައި މިހާތަނަށް އެންމެ އަގުބޮޑު ޚަރަދެއް ކޮށްގެން ތައްޔާރުކޮށް އަޒްހާން އިބްރާހީމް ގެނެސް ދިން ވީޑިއޯ ލަވަ “ހީލީމާ” ގެދެވަނަބައި “ބޭނުން” ރިލީޒްކޮށްފި އެވެ.

އަޒްހާން އިބްރާހިމް ޑައިރެކްޓްކޮށް، “ޓޮޕް މޮޑެލްސް މޯލްޑިވްސް 2018″ ކާމިޔާބުކުރި ޖަމްޝީދާ ޖަމްޝީދާއި ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒުވާން ފިރިހެން މޮޑެލް މުހައްމަދު އިޝްފާން އެކްޓްކޮށްފައިވާ މި ލަވައިން މިފަހަރު ސްޓޯރީއެއް ދައްކުވައިދެއެވެ.

ލަވައިގައި ހަރަކާތްތެރިވާ އިޝްފާން މުނިއަވަސް އަށް މިއަދު ބުނީ ލަވައާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ.

“އަދި މިހުރީ ލަވަޔާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައި.” އިޝްފާން ބުންޏެވެ.

ލަވައާއިމެދު ޑައިރެކްޓަރ އަޒްހާންވެސް ހުރީ ހިތްހަމެޖެހިފައި ކަމަށް މީގެ ކުރިން މުނިއަވަސް އަށް ވަނީ ބުނެފައެވެ.

ވީޑިއޯ އުފެއްދުމުގެ މަސައްކަތް ކޮށްފައިވަނީ ފިލްމީ ދާއިރާ އަށް ވަރަށް ފަހުން ތައާރަފުވިނަމަވެސް ތަޖްރިބާތަކެއް ހޯދާފައިވާ ފިލްމު ސްޓޫޑިއޯއެއް ކަމަށްވާ ’އިމޭޖިނޭޝަން ރިއަލިޓީ‘ އެވެ.

ހަމިނެޓް ފަންސާސް ހަތް ސިކުންތުގެ މި ލަވައިގެ ވީޑިއޯ އިން ހިތްގައިމު ރީތި މަންޒަރުތަކެއް ފެންނައިރު، ލަވައިގެ ތެރެއިންވެސް ވާހަކައެއް ހުށައަޅައިދެމުން ދެއެވެ. އިނގިރޭސި ސަބްޓައިޓްލް އާއެކު ނެރެފައިވާ މި ލަވައިގައި މުޙައްމަދު އިޝްފާނަށް ވީނުވީއެއް ނޭނގި ހޯދަމުންދާ ވާހަކަ ޖަމްޝީދާ ދަތުރުކުރަމުންދާ ކާރުގެ ރޭޑިއޯ އިން ޚަބަރެއްގެ ގޮތުގައި ކިޔައިދޭ އަޑު އިވެއެވެ. ޚަބަރު ކިޔަމުންދަނީ ވީޑިއޯގެ ޑައިރެކްޓަރު އަޒްހާންގެ އަޑުންނެވެ.

ލަވައިން ގެނެސްދޭ ވާހަކައިގައި ދެމީހުން މައްސަލަޖެހި ޒުވާބެއް ކުރުމުގެ ތެރޭގައި އިޝްފާންގެ ގައިގައި އަތް އަޅައި ކޮށްޕާލުމާއެކު އިދިފުށަށް ފާޚާނާތެެރެއަށް ވެއްޓި މޫނުދޮންނަތަށީގައި ފުށަބޯޖެހި ބޯ ފަޅާއިގެންގޮސް ވެއްޓެއެވެ. ލޭގެ ކޯރެއް ދެމިގެންދާއިރު ޖަމްޝީދާ ދެރަވެފައި ހުންނަނީ ހަދާނެގޮތް ނޭނގި ކަންބޮޑުވެފައެވެ. އިޝްފާން އެ އޮތް ހާލުގައި ބާއްވާފައި ޖަމްޝީދާ ފޮށި ހިފައިގެން ނުކުމެގެން ދެއެވެ. ދެންވީ ގޮތް ވީޑިއޯ ލަވައިން ބަލައިލުން ބުއްދިވެރިވާނެއެވެ.

“ބޭނުން” ގެ ވީޑިއޯގެ ޓެކްނިކަލް މަސައްކަތްކުރި އިމޭޖިނޭޝަން ރިއަލިޓީން މީގެ ކުރިން ވެސް ހިތްގައިމު ދެ ލަވައެއްގެ ވީޑިއޯ ބެލުންތެެރިންނަށް ގެނެސް ދީފައިވެއެވެ. ”އަންނާށޭ ހުންނާށޭ“ އަކީ އެ މީހުންގެ ފުރަތަމަ މަސައްކަތެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Natte7 އަހަރު ކުރިން

Aharen hithah eri ehaavareh aruvaaleema kihaavarakun dhaane baa ey mi lava. Hama chokun gossa thiyothee

Nuha7 އަހަރު ކުރިން

Lava evves salhiyeh noon

Home
Menu
Search
Back to top