ކޮމެޑީ ފިލްމުން ދިވެހި ފިލްމީ އޯޑިއަންސް ހެއްވައިލުމަށް އެންމެ ކުޅަދާނަ ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދައި މިމަހު ފަހެއްގައި ރިލީޒްކުރި ހޮރޯ ކޮމެޑީ ”ފޯޓީ ޕްލަސް“ އިން މިމަހު 14ގައި ނައިފަރު ހެއްވައިލުމަށް ތައްޔާރުވެއްޖެ އެވެ.
ނައިފަރު މަލްޓިޕޯޕޯސް ބިލްޑިންގްގައި ފިލްމު ދެއްކުމަށް ތައްޔާރުވަމުން އަންނައިރު ޓިކެޓްގެ 80 އިންސައްތަ ވިކިފައިވާކަމަށް މަޢުލޫމާތު ލިބެެެއެވެ.
ނައިފަރުގައި ”ފޯޓީ ޕްލަސް“ އެޅުވުމަށް އިސްވެ ހަރަކާތްތެރިވާ ހައްސާނު އަލީ މިއަދު މުނިއަވަސް އަށް ބުނީ 80 އިންސައްތައަށްވުރެން މައްޗަށް ޓިކެޓް ވިކިފައިވާކަމަށެވެ.
ހައްސާނު ބުނީ ނައިފަރު ސްޕެކްޓް ފިހާރައިން ޓިކެޓް ލިބެން ހުންނާނެކަމަށެވެ. ޓިކެޓް ބްކް ކުރުމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް 7787170 އަށް ގުޅުމަށް ހައްސާނު އެދެއެވެ.
”އެންމެ ފަހު ވަގުތު ޓިކެޓް ބައްލަވައިގަންނަވަން ތިއްބަވައިގެން ފަހުން ޓިކެޓް ނުލިބިދާނެ. އެހެންކަމުން ވީހައި އަވަހަކަށް ޓިކެޓް ގަތުމަށް އަޅުގަނޑުމެން އެދެން.“ ހައްސާނު ބުންޏެވެ.
ނައިފަރުގައި ”ފޯޓީ ޕްލަސް“ގެ އެންމެ ޝޯއެއް އޮންނައިރު މިހާރު ގާތްގަނޑަކަށް ހައުސްފުލްވެފައި ވާކަމަށް ހައްސާނު ބުންޏެވެ.
”ފޯޓީ ޕްލަސް“ އިން ދިވެހި ފިލްމީ ދުނިޔެއަށް އިންގިލާބެއް ގެނެސްފައިވާއިރު، އަހަރުގެ ބޮޑު ފިލްމުގެ ޝަރަފާއިއެކު އޯޑިއަންސް ހެއްވައިލާ ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ހޯދަމުންނެވެ.
”ފޯޓީ ޕްލަސް“ ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




