ޑިޒްނީގެ އެންމެ ރީތި ކާޓޫނު ތަކުގެ ތެރޭގައި ހިމެނޭ އެންމެ ރީތި ކާޓޫނު “އަލާއްދީން”ގެ ވާހަކައަށް ހަދާފައިވާ ފީޗާ ފިލްމުގެ ޓްރެއިލާ ނެރެފި އެވެ.
1992 ވަނަ އަހަރު އުފެއްދި ކާޓޫނާއި ދާދި އެއްގޮތަށް ކުޅެފައިވާ ފީޗާ ފިލްމު “އަލާއްދީން”ގެ ޓްރެއިލާ ނެރުނު އިރު އެ ޓްރެއިލަރުން ކާޓޫނުގައި ވެސް ފެންނަ މަންޒަރުތައް ފެނިގެންދެއެވެ. މީގެ އިތުރުން ކާޓޫނުން އިވިގެން ދިޔަ “އަ ހޯލް ނިއު ވޯލްޑް” ލަވަ ވެސް ފިލްމުގެ އޮފިޝަލް ޓްރެއިލާއިން ވަނީ އިވިގެން ގޮސްފައެވެ.
“އަލާއްދީން”ގެ ރަސްމީ ޓްރެއިލާ އާންމުކުރުމާއެކު ކާޓޫނަށް ވުރެ ފިލްމު ރީތި ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ގިނަ ބަޔަކު އުއްމީދުކުރެއެވެ.
https://www.youtube.com/watch?v=foyufD52aog
މެއި މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމާފައިވާ “އަލާއްދީން” ފިލްމުގައި އަލާއްދީންގެ ރޯލުން ފެނިގެންދާނީ މިސްރުގެ ގާހިރާއަށް އުފަން، ކެނާޑާއަށް ނިސްބަތްވާ މެނާ މައްސޫދެވެ. ޖޭސްމިންގެ ރޯލުން ފެނިގެންދާނީ ނައޯމީ ސްކޮޓް އެވެ. ޖީނީގެ ރޯލުން ވިލް ސްމިތް ފެނިގެންދާއިރު ޖަފަރުގެ ރޯލުން ފެނިގެންދާނީ މަރުއާން ކެންޒާރީ އެވެ.ަ
