ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފޯޓީ ޕްލަސް” މާލޭގެ އެންމެ ފަހު ތިން ޝޯ މިމަހު 24،23،22 ގައި!

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި މިއަހަރުގެ ބޮޑު ފިލްމު “ފޯޓީ ޕްލަސް” މާލޭގެ އެންމެ ފަހު ތިން ޝޯ 24،23،22 ގައިކަމަށް ޓީމުން ބުނެފިއެވެ. މާލޭގެ ޝޯ ތަކަށްފަހު، އަންނަ އޭޕްރީލް މަހުން ފެށިގެން ހުޅުމާލޭގައި “ފޯޓީ ޕްލަސް” ދައްކަން ފަށާނެއެވެ.

މިމަހު ފަހެއްގައި ޕްރިމިއާކުރި “ފޯޓީ ޕްލަސް” ކާމިޔާބުކަމާއެކު އޮލިމްޕަހާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ދައްކަމުން އަންނައިރު ފިލްމު ބެލުމަށްފަހު ބެލުންތެރިންގެ ފަރާތުން ކެނޑިނޭޅި އަންނަނީ ފަހި ތަޢުރީފުތަކެއް (ޕޮޒިޓިވް ކޮމެންޓްތަކެއް) ލިބެމުންނެވެ.

އޮލިމްޕަހުގައި މިހައިތަނަށް 15 ޝޯ ދައްކާފައިވާއިރު، 13 ވަރަކަށް ޝޯ ދައްކާފައިވަނީ ހައުސްފުލްކޮށް ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. “ފޯޓީ ޕްލަސް” ޓީމުން ބުނީ ރަށްރަށުންވެސް އެ ރަށްރަށުގެ ނިސްބަތުން ހައުސްފުލް ޝޯ ތަކެއް ބޭއްވެމުން އަންނަކަމަށާއި ބައެއް ރަށްރަށުގައި ޝޯ އިތުރުކުރަން ވެސް އެދިފައިވާކަމަށެވެ.

“ފޯޓީ ޕްލަސް”ގެ ޝޯތަކެއް މި ހަފުތާ ބަންދުގައި އައްޑޫގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައިވެސް ދައްކާނެއެވެ.

ފިލްމު ޕްރޮމޯޝަން އަށް ހޭދަކުރެވުނު މިންވަރާއި، ފިލްމުގެ ހައުސްފުލް ޝޯތައް ދެއްކުނު ޢަދަދަށް ބަލާފައި ބޭރުގެ ޤައުމުތަކުގައި ފިލްމަކީ ހިޓެއް ނުވަތަ މެގަ ހިޓެއްކަން ކަނޑައަޅާ އުޞޫލުން ބަލާނަމަ، “ފޯޓީ ޕްލަސް”އަކީ ރާއްޖޭގައި މެގަ ހިޓް ފިލްމެކެވެ.

އަހަރުގެ ބޮޑު ފިލްމުގެ ނަމުގައި ޕްރޮމޯޓްކުރަމުން އައިސް ފިލްމުގެ ފުރަތަމަ ޝޯ އެޅުވުމާއެކުހެން ފިލްމު މިވަނީ މިހައިތަނަށް މިއަހަރު ދެއްކި އެންމެ ބޮޑު، އެންމެ މޮޅު ފިލްމަށް ވެފައެވެ. ފިލްމުގެ ޓީމުން ބުނަނީ މިވަރުގެ ކޮމެޑީ ފިލްމެއް މިއަހަރު ނުނިކުންނާނެ ކަމަށެވެ.

https://www.facebook.com/notea4t/videos/556213168235052/?v=556213168235052

“ފޯޓީ ޕްލަސް” އަކީ ހަމަ މި ޕްރޮޑަކްޝަން ހައުސްއިން އުފެއްދި “ނޯޓީ ފޯޓީ”ގެ ސީކުއަލްގެ ގޮތުގައި އުފައްދާފައިވާ މޮޅު ފިލްމެކެވެ. މިއީ ރާއްޖޭގައި މިހައިތަނަށް އުފެއްދި ފުރަތަމަ ހޮރޯ ކޮމެޑީއެވެ.

“ފޯޓީ ޕްލަސް”ގެ އެންމެ ފަހު ޝޯ އޮލިމްޕަހުގައި އަޅުވަނީ ޚާއްޞަ ކަންތައްތަކަކާއި އެކުގައެވެ. މުނިއަވަސް އަށް މަޢުލޫމާތު ލިބޭގޮތުން 20 ވަނަ ޝޯ ގައި ‘ސަޕްރައިޒެއް’ވެސް ފެނިގެން ދިއުމަކީ ވަރަށް ގާތްކަމެކެވެ.

“ފޯޓީ ޕްލަސް” ބެލުމަށްފަހު، ބައެއް ބެލުންތެރިން ކޮށްފައިވާ ކޮމެންޓްތައް ހިމަނާލާނަމެވެ.

“ފޯޓީ ޕްލަސް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top