ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހަމޫދުގެ ވީޑިއޯ ލަވައެއް ވަރަށް އަވަހަށް ނެރެނީ

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ދެވަނަ ހޯދި ހަމޫދު އަޙްމަދު ގެ ވީޑިއޯ ލަވައެއް ވަރަށް އަވަހަށް ނެރޭނެ ކަމަށް އޭނާ ބުނެފިއެވެ.

ވަރަށް ތަފާތު ހުނަރުވެރި ގޮތަކަށް ހަމޫދު ކިޔާފައިވާ “ޝައްކު” ލަވައިގެ ވީޑިއޯއިން ފެންނާނީ އެއްވެސް ޝައްކެއް ނެތްގޮތުގައި ހަމޫދު އެވެ. ހަމޫދުގެ ބައިވެރިއެއްގެ ގޮތުގައި މި ލަވައިން ފެންނާނީ ހުނަރުވެރި އެކްޓްރެސް ރިޝްފާ ކަމަށް ހަމޫދު ބުނެއެވެ.

ލަވައާއިބެހޭ އިތުރު މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން ޒުވާން ލަވަކިޔުންތެރިޔާ ހަމޫދު ބުނީ މި ލަވައިގެ 99 އިންސައްތަހެން ހުރިހައި ބީޓްތަކަކީ ‘ބީޓްބޮކްސް’ ކޮށްފައިވާ ބީޓްތަކެކެވެ. ބީޓް ބޮކްސަރ އަކީ އަކްރަމް އެވެ.

https://www.facebook.com/hamoodhofficial/videos/822091258145343/?v=822091258145343

މުސްތާޤް ޕްރޮޑިއުސްކޮށް އުފައްދާ، ރިލީޒްކުރުމަށް ނިންމާފައިވާ “ޝައްކު” މި ލަވަ އަކީ ދިވެހި ލަވައެއް ނަމަވެސް އެތަކެއް ބަސްތަކަކުން ވަރަށް މޮޅަށް ހަމޫދު ކިޔާފައިވާ ތަފާތު ބައެއްވެސް މި ލަވައިގައި ހިމެނެ އެވެ.

“ޝައްކު” ލަވައިގެ ޕްރޮޑިއުސަރ މުސްތާޤް އާއި އެކުގައި މީގެ ކުރިންވެސް ހަމޫދު މަސައްކަތް ކޮށްފައިވެއެވެ. އެއީ “އޭނީ ލޯބި” ގެ ކަވަރ އެކެވެ. މިވަގުތު ބައިސްކޯފުން އެ ލަވަ އަޑުއަހައިލެވޭނެކަމަށް ހަމޫދު ބުންޏެވެ.

“ޝައްކު” މި ލަވަ އަކީ ހަމޫދުގެ ލަވައެއް ކަމަށްވާ “ނުއެއް ވާނެ” ނެރުނުތާ ހަފުތާއެއް ތެރޭގައި ނެރެން އިޢުލާނުކުރި މުޅިން އާ ލަވައެއް ކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top