ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހަމޫދުގެ “ޝައްކު”ގެ އޯޑިއޯ ރިލީޒްކޮށްފި

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ދެވަނަ ހޯދި ހަމޫދު އަޙްމަދުގެ “ޝައްކު” ލަވައިގެ އޯޑިއޯ ރިލީޒްކޮށްފިއެވެ. ލަވަފޮށި އެޕްލިކޭޝަނަށް އޯޑިއޯ ރިލީޒްކޮށްފައިވާއިރު، “ޝައްކު” ގެ ވީޑިއޯ ލަވަ ވެސް ވަރަށް އަވަހަށް ނެރޭނެކަމަށް ހަމޫދު މަޢުލޫމާތު ދެއެވެ.

ތަފާތް ސްޓައިލަކަށް ކޮމްޕޯސްކޮށްފައިވާ “ޝައްކު” ލަވައަކީ ވަރަށް ހިތްގައިމު ލަވައެކެވެ. ލަވައާއިބެހޭ އިތުރު މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން ޒުވާން ލަވަކިޔުންތެރިޔާ ހަމޫދު ބުނީ މި ލަވައިގެ 99 އިންސައްތަހެން ހުރިހައި ބީޓްތަކަކީ ’ބީޓްބޮކްސް‘ ކޮށްފައިވާ ބީޓްތަކެކެވެ. ބީޓް ބޮކްސަރ އަކީ އަކްރަމް އެވެ.

ލަވައިގެ ލިރިކްސް ހަދާފައިވަނީ މުސްތާޤް އެވެ. އިއްޔަ މުސްތާޤް ޕްރޮޑިއުސްކޮށް އުފައްދާ، ވީޑިއޯ ލަވަވެސް ރިލީޒްކުރުމަށް ނިންމާފައިވާ ”ޝައްކު“ މި ލަވަ އަކީ ދިވެހި ލަވައެއް ނަމަވެސް އެތަކެއް ބަސްތަކަކުން ވަރަށް މޮޅަށް ހަމޫދު ކިޔާފައިވާ ތަފާތު ބައެއްވެސް މި ލަވައިގައި ހިމެނެ އެވެ.

https://www.facebook.com/hamoodhofficial/videos/822091258145343/?v=822091258145343

މި ލަވައިން ޓްރޯގެ ކުޅަދާނަ ރެޕްކުރުންވެސް އިވިގެންދެއެވެ.

ހަމޫދުގެ ގިނަ އުފެއްދުންތަކެއް މިއަހަރު ފެންނާނެކަމަށް އޭނާ ވަނީ ބުނެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top