ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަޢީދު އާއި އަޒޫއަށް ދަރިއެއް ލިބިއްޖެ

މަޝްހޫރު ފިލްމީ ޖޯޑު، އަޙްމަދު ސަޢީދު އާއި  ފާތިމަތު އާޒިފާ (އަޒޫ) އަށް އަންހެން ދަރިއެއް ލިބިއްޖެ އެވެ. އަޒޫ ވިހެއީ މިއަދު މެންދުރު 12:45 ހާއިރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

މުނިއަވަސް އަށް ސައީދު ބުނީ އައިޖީއެމްއެޗްގައި އަޒޫ އެޑްމިޓްކުރީ މިއަދު ފަތިހު 05:30 ގައެވެ. އަޒޫ ވިހެއީ ޑޮކްޓަރު ބުނެފައިވާ ތާރީޚްގެ މާކުރިން ކަމަށް ސަޢީދު ބުންޏެވެ.

“ޑޮކްޓަރު ދީފަ އޮތް ޑިއު ޑޭޓަކީ ޖޫން ނުވައެއް. އިރާދަކުރެއްވީތީ ދެމައިންގެ ހާލުވެސް ރަނގަޅު.” އަޒޫ އާއި ސައީދަށް ފުރަތަމަ ދަރިފުޅު ލިބުމުން ވަރަށް އުފަލުން ހުރެ ސައީދު ބުންޏެވެ.

އުއްމީދީ ބަތަލާ ފާތިމަތު އާޒިފާ (އަޒޫ) އާއި ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރު އަހުމަދު ސައީދު ކައިވެނީގެ ގޮށްޖަހައި ބާރުކޮށްލީ 02 ސެޕްޓެމްބަރު 2016 ގައެވެ.

އަޒޫ އާއި ސަޢީދުގެ ޙަޔާތަށް މި ލިބުނު އުފަލުގައި މުނިއަވަސް އާއި ކިޔުންތެރިންގެ ފަރާތުން މި ޖޯޑަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.

މިވެސް ކިޔާލަން:  ދިވެހިބަހުގެ ދުވަސް: އަމިއްލަވަންތަކަމުގެ ރަމްޒު
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Saante7 އަހަރު ކުރިން

Saeedh ge kithah dharin thibeytha. Evaahaka ves jahaalinama dho

Home
Menu
Search
Back to top