އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ގެނެސްދޭ ޑްރާމާ އަކީ ”ނަކަލު“ގެ ލީޑް ތަރިންނާއި ދިމާވެއްޖެ ހެއްޔެވެ؟ ދިމާ ނުވާނަމަ، މުނިއަވަސް އާއެކުގައި ތަރިންނާއި ބައްދަލުކޮށްލަމާ ހިނގާށެވެ.
މެލޯޑްރާމާ ”ނަކަލު“ގެ ސްކްރީންޕްލޭ ލިޔެފައިވަނީ ފެންވަރު ރަނގަޅު ސްކްރީންޕްލޭ ތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި ސްކްރީން ރައިޓަރ އަދި ޑައިރެކްޓަރ މޫމިން ފުޢާދު އެވެ.
ކޮޕީ އިއްސެ ޑައިރެކްޓކޮށްފައިވާ މި ޑްރާމާގެ މައިގަނޑު ކާސްޓްގެ ތެރޭގައި ހިމެނެނީ އަޙްމަދު ޝަމާން ނަޒީރު، އާއިޝަތު ކައުޘަރު ރަޝީދު، ޢަބްދުﷲ މާހިރު، ފާޠިމަތު ޙަނީފާ، މުޙައްމަދު ރަފީޢު، މުސްއަބް މުޙައްމަދު، ޤާސިމް އަބޫބަކުރު، ޙުސައިން ފިރާޤް އަދި އާއިޝަތު ސީމާ އެވެ.
އަޙްމަދު ޝަމާން ނަޒީރު ފެނިގެންދާނީ ސާލިމްގެ ރޯލުންނެވެ.

އަޙްމަދު ޝަމާން ނަޒީރު – ސާލިމް
އާއިޝަތު ކައުޘަރު ރަޝީދު ފެނިގެންދާނީ ހައުލާގެ ރޯލުންނެވެ.

އާއިޝަތު ކައުޘަރު ރަޝީދު – ހައުލާ
ޢަބްދުﷲ މާހިރު ފެނިގެންދާނީ ސައުދުގެ ރޯލުންނެވެ.

ޢަބްދުﷲ މާހިރު – ސައުދު
ފާޠިމަތު ޙަނީފާ ފެނިގެންދާނީ ފާއިޒާގެ ރޯލުންނެވެ.

ފާޠިމަތު ޙަނީފާ -ފާއިޒާ
މުޙައްމަދު ރަފީޢު ފެނިގެންދާނީ ފަޒީންގެ ރޯލުންނެވެ.

މުޙައްމަދު ރަފީޢު – ފަޒީން
މުސްއަބް މުޙައްމަދު ފެނިގެންދާނީ ސާލިމްގެ ޅަދުވަސްވަރު ރޯލުންނެވެ.

މުސްއަބް މުޙައްމަދު – ސާލިމްގެ ޅަދުވަސްވަރު
ޤާސިމް އަބޫބަކުރު ފެނިގެންދާނީ އިބްރާހިމްފުޅު ގެ ރޯލުންނެވެ.

ޤާސިމް އަބޫބަކުރު – އިބްރާހިމްފުޅު
ޙުސައިން ފިރާޤް ފެނިގެންދާނީ ޣަފޫރު ސޭޓުގެ ރޯލުންނެވެ.

ޙުސައިން ފިރާޤް – ޣަފޫރު ސޭޓު
އާއިޝަތު ސީމާ ފެނިގެންދާނީ ބޮޑުދައިތައެއްގެ ރޯލުން ނެވެ.
ހަމަ އެކަނި ޓެލެވިޛަން މޯލްޑިވްސް އިން ދައްކަން ހަމަޖެހިފައިވާ މި ޑްރާމާ ދައްކާނީ މެއި މަހުގެ 30 ވާ ބުރާސްފަތިދުވަހުގެ ރޭ 22:00 ގައެވެ.
