މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ރީތި މަދަހަ ތަކެއް ހުށައަޅައިދެމުން އަންނަ ޝަލަބީ އިބްރާހިމްގެ ”ހިދާއީ ނޫރު“ ގެ ތިން ވަނަ މަދަހަ އަލްބަމް ނެރެފިއެވެ. މަދަހަ އަލްބަމް ނެރެދެއްވީ އިއްޔެ މާގިރި ހޮޓެެލްގައި ބޭއްވި ކުޑަ ހަފުލާއެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
ބައިސްކޯޕް އެޕްލިކޭޝަން މެދުވެރިކޮށް ރޯދަ މަހުގެ ފަހު 10އާ ދިމާކޮށް ނެރުނު އެއަލްބަމް މިހާރު ބައިސްކޯފުން އަޑުއަހައިލެވޭނެ އެވެ. ”ހިދާއީ ނޫރު 3“ ގައި އަމިއްލަ ރާގުގެ ހަތް މަދަހަ ހިމެނެއެވެ.
މި މަދަހަ އަލްބަމަކީ ޝަލަބީ އާއި، ހައުސް އޮފް މިއުޒިކް އާ ގުޅިގެން ނެރުނު އަލްބަމެކެވެ. މި އަލްބަމްގެ މަދަހަތަކުގެ ޅެން ހަދާފައިވަނީ ޓީވީއެމްގައި މަސައްކަތްކުރާ ނޫސްވެރިއެއް ކަމުގައިވާ ނަސްމާ އަބްދުލް މުހުސިންގެ އިތުރުން އަހުމަދު ޝަރީފެވެ.

މި މަދަހަ އަލްބަމުގެ ހުރިހައި މަދަހަ ތަކަކީވެސް މިއުޒިކާއި ނުލައި ކިޔާފައިވާ ވަރަށް ހިތްގައިމު، އިބްރަތްތެރި މަދަހަ ތަކެކެވެ. ބައިސްކޯފުން މި ރަމަޟާންމަހު ”ޢާލަމް“ގެ ނަމުގައި ވެސް މަދަހަ އަލްބަމެއް ނެރެފައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




