ރާއްޖޭގެ ބޮޑުބެރު ގްރޫޕް ތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ގްރޫޕް ކަމަށްވާ ހޭރިޔާ ބޮޑުބެރުގެ ފަރާތުން “މަސްތު”ގެ ނަމުގައި މުޖުތަމަޢަށް ވަރަށް އިބްރަތްތެރި މެސެޖެއް ދޭނެ މަދަހަ ވީޑިއޯ އެއް ރިލީޒްކޮށްފި އެވެ.
ހޭރިޔާ ބޮޑުބެރު ގްރޫޕްގެ މެނޭޖަރ ނާޝިތު ރަޝީދު މުނިއަވަސް އަށް ބުނީ “މަސްތު” މި މަދަހަ އަކީ މުޖުތަމަޢަށް ޚާއްޞަ މެސެޖެއް ދިނުމަށް ނެރެފައިވާ މަދަހައެއް ކަމަށެވެ.
“މި މަދަހަ އިން ފުރާނައިގެ މުހިންމު ކަމާއި ދުނިޔެވީ ކަންތައްތަކުން އަހަރުމެން ދުރުހެލިވެ ތިބެންވީ ގޮތް ބުނެދޭނެ. މިއިން ދައްކައިދޭނެ ޒުވާނެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ފާހަގަކޮށްލެވޭ ފަދަ ބޮޑު ބަދަލެއް އިސްލާމް ދީނުން ދައްކައިދޭ ނޫރުގެ ސަބަބުން. މިއިން ދައްކައިދޭނެ މި ދުނިޔޭގެ އަރާމާއި ލައްޒަތަކީ އަވާމެންދުރެއް ކަމާއި ދާއިމީ ދިރިއުޅުމެއް ލިބެން އޮތީ އާޚިރަތުގައިކަން، އެކަން ދެނަހުރި ބަޔަކަށް.” މަދަހައާއި ބެހޭގޮތުން ހޭރިޔާ ބޮޑުބެރު ގްރޫޕްގެ މެނޭޖަރ ނާޝިތު ރަޝީދު އިތުރަށް ބުންޏެވެ.
މި ޚާއްޞަ މަދަހައިގެ ޅެން ހަދާފައިވަނީ މަމްދޫހް ޖަމާލު އެވެ. މަދަހަ ކިޔާފައިވަނީ އަޙްމަދު އިޝާމް އެވެ. ރާގު ހެދީ އާތިފް ރަޝީދު އެވެ.
ވީޑިއޯ ޕްރޮޑަކްޝަން އަދި ސިނަމޮޓޮގްރަފީގެ މަސައްކަތް ކޮށްފައިވަނީ ނާޝިތު ރަޝީދު، ސާމީ ސައީދު، އައްޒާމް ރަފީއު އަދި ރިޝްވާން އެވެ. ވީޑިއޯ އިން ފެނިގެންދަނީ ހޭރިޔާ ގްރޫޕުގެ މެންބަރުންނެވެ.
ލަވައިގެ ރެކޯޑިން ހަދާފައިވަނީ މިއުޒިކު އުފެއްދުމުގައި ކުރިއަރަމުން އަންނަ ބަޒި ރިކޯޑްސް ގެ އަރޭ އެވެ. ހޭރިޔާ ބޮޑުބެރު ގްރޫޕުން އަރޭ ކޮށްދީފައިވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވާކަމަށް ހޭރިޔާ ބޮޑުބެރު ގްރޫޕްގެ މެނޭޖަރ ނާޝިތު ރަޝީދު ބުންޏެވެ.
ހޭރިޔާ ބޮޑުބެރުގެ ފަރާތުން 2018 ވަނަ އަހަރުގެ އަޟްޙާ ޢީދު ފަޅުފިލުވައިދިނުމަށް ”ޢީދުލް އަޟްޙާ“ ގެ ނަމުގައި ވަރަށް ޘަޤާފީ ވަންތަ ވީޑިއޯ ލަވައެއް ގެނެސްދީފައި ވާކަން ވެސް ފާހަގަ ކޮށްލެވެއެވެ. އެ ލަވައިގެ ލިރިކްސް ހަދާފައިވަނީ މަމްދޫހް ޖަމާލް އެވެ. ރާގު ހެދީ އާޠިފް ރަޝީދު އެވެ. ކެމެރާކުރުމުގެ މަސައްކަތް ކޮށްފައިވަނީ ނާޝިތު އާއި ނާބެ އެވެ. ރެކޯޑިންގ ހެދީ އިލްހާމް އާއި ފައްތޭ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!