ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮލިމްޕަހުގައި ”ލީނާ“ ދައްކާ އެންމެ ފަހު ޝޯ މާދަމާރޭ

މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ރިލީޒްކޮށް ކާމިޔާބު ޝޯތަކެއް މާލެއާއި ރަށްރަށުގައި ދައްކަމުން އަންނަ ދިވެހި ފިލްމު “ލީނާ” އޮލިމްޕަހުގައި ދައްކާނެ އެންމެ ފަހު ރެއަކީމާދަމާ ރެއެވެ. މި ފިލްމުގެ ވަދާޢީ ޝޯތައް ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހު ހަވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

ފިލްމު “ލީނާ”އަކީ ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ތެރޭގައި ރަޙުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެތަނުގެ މުއައްޒަފެއް ކަމަށްވާ ޢަޒްލީނާ ނަފީސްގެ މަރުގެ ޙާދިސާއަށް އިންސްޕަޔަރ ވެގެން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި މުޖުތަމައުގައި ހިނގާ ތަފާތު މައްސަލަތަކުގެ އިތުރުން ހެއްވާ މަޖާ ކަންތައްތަކެއްވެސް ފެނިގެން ދެއެވެ.

މިހާރުވެސް ގިނަ ރަށްރަށުގައި ކާމިޔާބުކަމާއެކު ދައްކަމުންދާ މި ފިލްމު، ކުރިއަށް އޮތް އަޟްޙާ ޢީދު ތެރޭގައިވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އެޅުވުމަށް ހަމަޖެހިފައި ވާކަމަށް ފިލްމުގެ ޑައިރެކްޓަރ ޢަބްދުﷲ މުޢާޒު (މުއާ) ބުންޏެވެ.

https://www.facebook.com/LeenaTheMovie/videos/2547961781901292/?v=2547961781901292

“ލީނާ”ގެ ލީޑް ރޯލުން ފެނިގެން ދަނީ މަރިޔަމް ޢައްޒައާ، އަލީ ޢާޒިމް (ދޮން އައްޔަ) އެވެ. ފިލްމުގައި ލީނާގެ ގާތިލުގެ ރޯލުން ފެނިގެން ދަނީ ޢަބްދުﷲ މުޢާޒެވެ. މީގެ އިތުރުން ދެން ފެނިގެންދާނީ ނުޒުހަތު ޝުއައިބު (ނުޒޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޒީނަތު އައްބާސް، އަޙްމަދު ސައީދު، އަޙްމަދު އީސާ (އާނަންދު)، އަދި މަރިޔަމް ހަލީމެވެ.

އއ. އުކުޅަހުގައި ކުޅެފައިވާ މި ފިލްމުގެ ސިނަމޮޓޯގްރަފީ ހަދައިދީފައި ވަނީ އިބްރާހީމް ވިޝާން (ކަނޑި) އެވެ. ފިލް ޕްރޮޑިއުސް ކޮށްފައިވަނީ މުއާ އާއި ސައްޔާހް އައްބާސްއެވެ. ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު އެވެ.

https://www.facebook.com/muaa.abdullaa/videos/147735849652146/

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top