އީރާނުގެ 11 އަހަރުގެ އަންހެން ސްކޫލް ކުއްޖަކު އެއިންސްޓެއިން އާއި ހޯކިންގ ގެ އައިކިޔު ސްކޯރގެ ރެކޯޑް މުގުރާލައިފިއެވެ. އޭނާގެ ސްކޯރ އަކީ 160 އެވެ. މީގެ މާނައަކީ ތާރާ ޝަރީފީ “ޖީނިއަސް ބެންޗްމާރކް” ކަމަށްވާ 140 އަށްވުރެ މަތިން ހޯދުމެވެ.
މީނާގެ ސްކޯރ އަކީ އެލްބަޓް އެއިންސްޓައިން އާއި ސްޓީވަން ހޯކިންގގެ އައިކިޔު ސްކޯރ އަށްވުރެ 2 ޕޮއިންޓް މަތީ ސްކޯރ އެކެވެ.
“ނަތީޖާ ލިބުމުން އަހަންނަށް ލިބުނީ ޝޮކެއް. މިހާ މަތިން ލިބޭނެކަމަކަށް އަހަރެން ހިޔެއް ނުކުރަން” ތާރާ ބުންޏެވެ.
ތާރާގެ މި ޓެސްޓަކީ ކަނޑައެޅިފައިވާ ވަގުތުކޮޅެއްގެ ތެރޭގައި ޖަވާބުދީ ނިންމަންޖެހޭގޮތަށް އޮކްސްފޯޑް ޔުނިވަރސިޓީ އިން ދޭ ޓެސްޓެކެވެ. މި ޓެސްޓްގައި، ބަސްބަހުގެ މާނަ ދޭހަވުމުގެ ކުޅަދާނަކަން ހުރީ ކިހާވަރަކަށްތޯ ބެލުނެވެ.
“މި ޓެސްޓްގައި ބައިވެރިވުމަކީ އަހަންނާ މައިންބަފައިންނާ ވެގެން ނިންމި ނިންމުމެއް” އޭނާ ބުންޏެވެ.
“މި ކާމިޔާބީ އަކީ މެންސާ ސިސްޓަމްގެ އެހެން މީހުންނާ ބައްދަލު ކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް” ތާރާގެ ވާހަކައަށް އިތުރުކޮށްލިއެވެ.
ތާރާއަށް މިހާރު މެންސާގެ މެންބަރަކަށް ވުމުގެ ޝަރުތު ހަމަވީއެވެ. މެންސާއަކީ އެންމެ މަތީ އައިކިޔު ސޮސައިޓީއެވެ. އޭނާ މިހާރު އެދިއެދި ހުރީ އެ ޖަމިއްޔާގެ ބައްދަލުވުން ތަކުގައި އެހެން މެންބަރުންނާ ބައްދަލުވާނޭ ވަގުތަކަށެވެ.
“ސްކޫލްގެ ރައްޓެހިން ގާތު މިވާހަކަ ބުނުމުން އެކުދިން އަހަންނަށް ތައުރީފު ކުރި”
“އަހަރެންގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން ހިސާބު އިލްމާ ގުޅުންހުރި އައު ހޯދުމެއް ހޯދުން.”
“ތާރާއަށް އެލިބުނު ކާމިޔާބީން އަހަންނަށް ހައިރާންކަމެއް ލިބުނު. އަދި އެކަމާ ފަޚުރުވެރިވި” ތާރާގެ ބައްޕަ ބުންޏެވެ. “އަހަރެންގެ ދަރިފުޅު ޓެސްޓް ހަދާތަން ޓީވީ ބަލަން އިންއިރު، އެހެން ބައިވެރިންނަށްވުރެ ކުރިން ދަރިފުޅު ޖަވާބުތައް ހޯދާނެކަމުގެ ޔަގީންކަން އޮތް” ތާރާގެ ބައްޕަ ބުންޏެވެ.
