ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރަންވީރާއި ވަރުން ފަދައިން ކޮމެޑީ ރޯލް ކުޅެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން – ޓައިގަރ

ރަންވީރް ސިންގް އާއި ވަރުން ދަވަން ފަދައިން ކޮމެޑީ ރޯލް ކުޅެވޭނެ ކަމަށް ގަބޫލު ނުކުރާކަމަށް ޓައިގަރ ޝްރޮފް ބުނެފިއެވެ.

ބޮލީވުޑުން އެންމެ ފަހުން ރިލީޒްކުރި ‘ވޯރ’ ގެ ސަބަބުން ބޮލީވުޑްގެ އެކްޓަރު ޓައިގަރ ޝްރޮފް ގެ މަޝްހޫރުކަން ވަނީ އިތުރު ވެފައެވެ. އެ ފިލްމު ދައްކަންފެށި ފުރަތަމަ ހަފްތާގެ ތެރޭގައި ދުއިސައްތަ ކުރޯޑަށްވުރެ މައްޗަށް ފިޔަފާރި ވެފައިވާއިރު ބޮކްސް އޮފީހުގެ ރެކޯރޑް ވެސް އެ ފިލްމުން ވަނީ މުގުރާލާފައެވެ.

ޓައިގަރ ޝްރޮފްގެ ފިލްމުތަކަށް ބަލާއިރު، އެކްޝަން ފިލްމުތަކަށް ލޯބިކުރާ އެކްޓަރެއްކަން ފާހަގަ ކުރެވޭއިރު، ‘ސްޓޫޑަންޓް އޮފް ދަ އިޔަރ 2’ ގައި ޓައިގަރ އަދާކުރި ރޯލަށް މާބޮޑު ސަޕޯޓެއް ފޭނުންގެ ފަރާތުން ލިބިފައެއް ނުވެއެވެ.

“ވަރުން ދަވަން އާއި ރަންވީރް ސިންގ ފަދަ އެކްޓަރުންނާ ވާދަކޮށް ކޮމެޑީ ރޯލް ކުޅުމަކީ އަހަންނަށް ވާނެ ކަމެއް ނޫން. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އަހަރެންގެ ގޮތުގަ އަހަރެން އެކްޓުކުރުން” އެކްޝަން އެކްޓަރ ޓައިގަރ ޝްރޯފް ބުނެފައިވެއެވެ. 

އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ރިލީޒްކުރި ޓައިގަރ ގެ އެންމެ ފަހުގެ ފިލްމް ‘ވޯރ’ އަށް ބޮޑު ކުރިންއެރުންތަކެއް ލިބިފައި ވާއިރު އެ ފިލްމު މިހާރު އެންމެ ވާދަކުރަނީ ޝޮނާލީ ބޯސް ޑައިރެކްޓްކޮށް ޕްރިޔަންކާ އެކްޓްކޮށްފައިވާ ފިލްމު ‘ދަ ސްކައި އިޒް ޕިންކް’ އާއެވެ. އެ ފިލްމުގެ އިތުރު ތަރިންނަށް ބަލާއިރު، ފަރްހާން އަޚްތަރް، ޒައިރާ ވާސިމް، އަދި ރޯހިތު ޝަރަފް ފާހަގަ ކުރެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top