ސަންޖޭ ލީލާ ބަންސާލީ އުފެއްދުމަށް ތައްޔާރުވަމުން އަންނަ ފިލްމު ”ގަންގޫބާއީ ކަތިއާވާޅީ“ގައި އާލިއާ ބަޓް ހަރަކާތްތަތެރިވާނެ ކަމުގެ ޔަގީންކަން ބައެއް މީޑިއާ ރިޕޯޓްތަކުން ދީފިއެވެ.
ކާމިޔާބު ކަމާއެކު ކުރިއަރަމުން އަންނަ ބޮލީވުޑްގެ ހިތްގައިމު އެކްޓްރެސް އާލިއާ ބަޓް އޭނާގެ ކެރިއަރުގައި އަބަދުވެސް އަންނަނީ އެންމެ ރަނގަޅު ގޮތްތައް އިޚްތިޔާރުކުރަމުންނެވެ. 2020 ގައި ނެރުމަށް ހަމަޖެހިފައިވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ”އިންޝާﷲ“ ގައި ވެސް ހަރަކާތްތެރިިވާ އާލިއާ، ސަންޖޭގެ ފިލްމު ”ގަންގޫބާއީ ކަތިއާވާޅީ“ގައި ވެސް ހަރަކާތްތެރިވާނެ އެވެ. އެ ފިލްމުގައި އާލިޔާ ކުޅޭނީ ގަންގޫބާއީ ގެ ބައިތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައި ވިޔަސް ބޮޑަށް ޔަޤީންކުރެވޭ ގޮތުން އެ ރޯލުން ފެނިގެންދާނީ އާލިއާ އެވެ.
ޕަދްމަވަތީގެ ކާމިޔާބީއަށް ފަހު ބަންސާލީގެ ކުރިއަށް އޮތް ފިލްމަކީ ”އިންޝާﷲ“ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ބުނެފައެވެ.
ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަކީ ބޮލީވުޑްގައި މޮޅު ފިލްމުތައް އުފައްދާ މީހެކެވެ. އޭނާގެ ގިނަ ފިލްމުތައް ބްލޮކްބަސްޓާގައި އެންމެ ކުރިން އަބަދުވެސް ޖާގަ ހޯދަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




