ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަމްޖޭގެ “ރޭވުމުން” ބައިސްކޯފަށް

މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ 52 ވަނަ ޑައިރެކްޝަން ހިމެނޭ ފިލްމް “ރޭވުމުން” ބައިސްކޯފުގައި ސްޓްރީމްކުރަން ނިންމައިފިއެވެ. ބައިސްކޯފު މެދުވެރިކޮށް “ރޭވުމުން” ބަލައިލެވޭނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

އަމްޖޭ ގެ އަމިއްލަ ސްކްރީންޕްލޭ އަކަށް ކުޅެފައިވާ “ރޭވުމުން” ގެ ލީޑް ރޯލް ކުޅެފައި ވަނީ މުހައްމަދު މަނިކާއި އަލަށް ތައާރަފުވާ ނާޖިހާ (ނާޖި) އެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ފައުޒިއްޔާ ހަސަން، އަހުމަދު ޝާޒް (ތަބޫޖެ) އަދި މަރިޔަމް ޝަކީލާ، ހަސަން މަނިކް (ރޯނު) އަދި ނާޝިދާ ފަދަ ތަރިން ހިމެނެ އެވެ.

“މި ސްޓޯރީ ހަދާފަ މިއޮތީ ފްރޮންޓްގަ ލޯބީގެ ހާދިސާ ތަކެއް، ކަޕްލް އެއް އުޅެމުންދާއިރު ފަހަތުން ހިނގަމުންދާނީ ބިރުވެރި ހާދިސާ ތަކެއް. ދެން ހަމަ ސައިޑް ސްޓޯރީއެއް ގޮތުގަ މި އަންނަނީ އަޅުގަނޑާ ޝަކީލާ އާ ދެމީހުންގެ ސީން ތަކެއް މި އަންނަނީ. އެއީ ގެވެށި އަނިޔާ އޭގަ ވަރަށް ބޮޑަށް ދައްކައިދޭނެ. އެހެންވީމަ ވަރަށް ބޮޑަށް ތަޅާފޮޅުމާ މިކަހަލަ ކަންތައްތައް އޮންނާނެ. އެކަމަކު މި ދިވެހިކޮށް ތަޅާނީވެސް. އެހެންވީމަ އޯޑިއަންސް މި ސްޓޯރީ ވަރަށް ބޮޑަށް ހިފަހައްޓާ ވަރަށް ބޮޑު އެއްޗެއްގެ ގޮތުގަ މި އިންނަނީ މި ސްޓޯރީ.” ފިލްމާމެދު މި ފިލްމުގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ޝާޒް މުނިއަވަސް އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ފިލްމު ކެމެރާ ކޮށްފައިވަނީ މުހައްމަދު އަބޫބަކުރު (މާއެނބޫ) އެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޖޭޒް އެންޓަޓެއިންމެންޓުން ނެވެ.

އޮލިމްޕަހުގައި “ރޭވުމުން”ގެ12 ޝޯ ދެއްކިއެވެ. އޭގެ އިތުރުން ހުޅުމާލޭ ޝްވެކާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ދައްކާފައިވެއެވެ. މި ދުވަސްކޮޅަކީ ބައިސްކޯފު މެދުވެރިކޮށް ދިވެހި ފީޗާ ފިލްމުތައް ރިލީޒްކުރުން އިތުރުވެފައިވާ ދުވަސްކޮޅެއްކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Gaagaburu7 އަހަރު ކުރިން

Mabelin Hama v salhi filmeh Shaz Thajooge roll great Naajiha suprize n super

Ahmed shah ali7 އަހަރު ކުރިން

dhahkaane dho vagah ves dhahkanee viyya huhdhaeh beynumeh nuvey

Home
Menu
Search
Back to top