މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ވިދާލި ލަވަ ކިޔުންތެރިޔާ ހަސަން އިރްފާން (ޒަކިއްޓެ)ގެ ތަފާތު މޮޅު ހުނަރުތަކެއް “ގޮށްރާޅު” ފިލްމުން ދައްކައިލުމަށްފަހު ޒަކިއްޓެގެ އަޑު ފަނޑުވެގެން ދިޔަކަމަށް ހީކުރެވިފައިވާނަމަ އެއީ ކުށްހީ އެކެވެ. ދާދި ފަހުން މުޅިން އައު ދެ ލަވަ ވަނީ ރިލީޒްކޮށްފައެވެ.
ދިވެހި މިއުޒިކް ސްޓްރީމިން އެޕް ލަވަފޮށީގައި ޒަކިއްޓެ ރިލީޒްކޮށްފައިވަނީ އޭނާގެ ދެވަނަ އޮރިޖިނަލް ލަވަ “މިރޭ އުފަލުގާ” އާއި ތިންވަނަ އޮރިޖިނަލް ލަވަ “ރާޅު މާލި” އެވެ.
“މި ލަވަ އަކީ އަހަރެން ލިޔެފައިވާ ލަވައެއް، މި ލަވަ ބިނާކޮށްފައިވަނީ ޙަޤީޤީ ހާދިސާތަކަށް، މީގައި ކިޔައިދޭނީ އަހަރެންގެ ހަޔާތުގެ އިމޯޝަން ތައް.” ޒަކިއްޓެގެ އަމިއްލަ ރާގަކަށް ހަދާފައިވާ “މިރޭ އުފަލުގާ” އާ ބެހޭގޮތުން މުނިއަވަސް އަށް އޭނާ ބުންޏެވެ. މި ލަވަައިގެ ޕްރޮޑިއުސަރަކީ ސަމޫހް ތަޢުފީޤް އެވެ. ލަވައިގެ މިކްސިން އަދި މާސްޓަރިން ހެދީ މިރާހް ޢަލީ އެވެ. ލަވަ އަޑުއަހައިލެވޭނީ ހަމައެކެނި ލަވަފޮށިންނެވެ.
“ރާޅު މާލި” ލަވައާ ބެހޭގޮތުން މަޢުލޫމާތު ދެމުން ޒަކިއްޓެ ބުނީ މި ލަވައަކީ ރާޅުގަނޑުގައި ރާޅާއަޅާ ސާފަރުންނަށް ހަދާފައިވާ ލަވައެއް ކަމަށެވެ.
“އަޅުގަނޑަކީވެސް ސާރފާއެއް، މިއުޒިކު ކުޅުމުގައި އަހަރެން ކިތަންމެ ވަދި ވިޔަސް (ބިޒީ ވިޔަސް) އަބަދުވެސް މޫދު ދެކެ ލޯބިވާނަން.” ޒަކިއްޓެ އިތުރަށް ބުނީ ‘ސަރައްކާލި’ އެ ލަފުޒު ލައިގެން ލަވައެއް ހަދާ އެންމެ ފުރަތަމަ ދިވެހި މިއުޒީޝަނަށް ވެސް އޭނާ ވުމަށް ބޭނުންވާ ކަމަށެވެ.
“ރާޅު މާލި” ލަވަ ލިޔެފައިވަނީ ޒަކިއްޓެ އާއި ހުވޭ ނިހާދު އެވެ. ލަވަ އެރޭންޖްކުރީ ޒަކިއްޓެއެވެ. މިކްސިން އަދި މާސްޓަރިން ހެދީ ސިނޫ އަޙްމަދު އެވެ. މި ލަވަ ލަވަފޮށީގެ އިތުރުން ޒަކިއްޓެގެ ޔޫޓިއުބް ޗެނަލުން ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި