ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދެވަންސޫރަ” – ފިލްމީދާއިރާއާ މުނިއަވަސް ގުޅުވައިލި ފިލްމަށް ގިނަ އެވޯޑްތަކެއް

މުނިއަވަސް އިން އޮންލައިން މީޑިއާކަން ކުރި ފުރަތަމަ ފިލްމު “ދެވަންސޫރަ” އަށް ގިނަ ކާމިޔާބީތަކެއް ރޭ އޮލިމްޕަހުގައި ބޭއްވި ނުވަވަނަ ދިވެހި ފިލްމު އެވޯޑްސް އިން ލިބިއްޖެ އެވެ. “ދެވަންސޫރަ” އަށް މުހިންމު ހަތަރު އެވޯޑެއް ލިބިގެން ދިޔައެވެ.

06 ފެބްރުއަރީ 2018 ގައި ރިލީޒްކުރި މޮޅު ސަންޕެންސް ތުރިލާ “ދެވަންސޫރަ” އިން އެންމެ މޮޅު ޑައިރެކްޓަރުކަން، އެންމެ މޮޅު ލީޑް އެކްޓަރުކަން، އެންމެ މޮޅު ސްކްރީންޕްލޭ އަދި އެންމެ މޮޅު އެޑިޓިންގ ލިބުނީ ޔޫސުފް ޝަފީޢު އަށެވެ.

ދެވަންސޫރަ އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ. ފިލްމުން ދައްކުވައިދެނީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތަށެވެ. ފިލްމުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވެ އެވެ.

ފިލްމްގައި މަރިޔަމް ޝިފާ ގެ އިތުރުން އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އިބްރާހީމް ޖިހާދު (ޖިމީ)، އަހުމަދު އީސަ (އާނަންދު)، އަލީ ޝަޒްލީމް، މުހައްމަދު ފައިސަލް އަދި ޖާދުﷲ އިސްމާއީލް (ޖާދު) ހަރަކާތްތެރިވެ އެވެ.

ފިލްމުގެ ޕްރޮޑިއުސަރުންނަކީ އަލީ ޝަޒްލީމް، އަދި އަހްމަދު ޝާހް އަލީ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top