އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ގެފަރާތުންް ބާއްވާ ރަންޔޫބިލް ޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ފަންނާނުންނަށް ހުޅުވާލައިފިއެވެ. މި ފުރުޞަތުގެ ސުންގަޑިއަކީ 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.
މިއީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ނޮވެމްބަރު މަހުގެ 25 އިން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކެކެވެ.
މި ހަރަކާތްތަކުގައި ބައިވެރިވާ ފަންނާނުންގެ ހުރިހާ ޚަރަދެއް އޯ.އައި.ސީ. އިން ހަމަޖައްސާނެކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ގެޒެޓްކޮށްފައިވާ އިޢުލާނުގައި ބުނެއެވެ.
މިޙަރަކާތްތަކުގައި ބައިވެރިކުރެވެނީ ސަގާފީ ޙަރަކާތްތަކެއް ހުށަހަޅާދެވޭނެ ގިނަވެގެން 10 ފަންނާނުންގެ ގްރޫޕަކަށެވެ.
ރަންޔޫބިލް ހަރަކާތުގައި ބައިވެރިވުމަށް އެދޭ ފަންނުވެރިން، 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމާއި، ޕާސްޕޯޓު ކޮޕީ އަދި ކަލްޗަރަލް އިވެންޓް އެއްގައި ބައިވެރިވެ ނަގާފައިވާ ގްރޫޕް ފޮޓޯއެއް ހުށަހެޅުމަށް އެންސީއޭ އިން އެދެއެވެ.
މި ހަރަކާތުގައި ބައިވެރުމަށް އެދޭ ފޯމު އެންސީއޭގެ އިއުލާނާއި އެކު ހިމަނާފައިވެއެެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެންސީއޭގެ ފޯނު ނަންބަރު 3344667 އަށް ގުޅުމަށް ވެސް އެންސީއޭ އިން އެދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!