ދީނީ ސުވާލެއް އޮތީތަ؟
މަޢުލޫމާތު
ލ.އަތޮޅުގެ ބައެއް ރަށްތަކުގެ މަތިން “ރެއިންބޯ ކުލައުޑް” އެއް

ރާއްޖޭގެ އިރުދެކުނު އުދަރެހުން “ރެއިންބޯ ކުލައުޑްސް” (ވިއްސާރަދުނި ވިލާގަނޑު)  ނުވަތަ “ފަޔަރ ރެއިންބޯސް” (އަލިފާން ވިއްސާރަދުންޏެެއް) ފެނިއްޖެއެވެ.

މިއަދުގެ މެންދުރުގެ ވަގުތެއްގައި މި ވިއްސާރަދުނި ވިލާގަނޑު ލ. ކައްދޫ، ލ. މާންދޫ، ލަ. ފޮނަދޫ އަދި ލ. ގަމު މީހުންނަށް ފެނިފައިވާކަމަށް މުނިއަވަސް އަށް މައުލޫމާތު ލިބިފައިވެއެވެ. ލ. އަތޮޅުގެ އިތުރުން ހުވަދުއަތޮޅާއި ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކަށްވެސް މި ވިއްސާރަދުނި ވިލާގަނޑު ފެނިިިިފައިވެއެވެ.

ވިއްސާރަދުނި ވިލާ އުފެދެނީ އެޓްމޮސްފިއަރ ގައި އެކުލެވޭ ފެން ތިކިތަކުގެ ތެރެއިން އިރުގެ ދޯދިތައް ޖައްވުގެ ތެރެއަށް ފެތުރުމުން ކަމުގައި ތަޖުރިބާކާރުން ބުނެފައިވެއެވެ. މިއީ އެހާ އާންމުކޮށް ހިނގާކަމެއް ކަމެއް ނޫންކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ.

މި މަންޒަރު ދުށް ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ފޮޓޯއާއި ވީޑިއޯތައް ނަގައި މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top