ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަކަލުކޮށްފައިވާ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހެއް ހުއްޓުވައިފި

ނަކަލުކޮށްފައިވާ ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުއްޓައިފިއެވެ.

އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ  ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން  ރާއްޖެ އެތެރެވާން މަސައްކަތް ކުރި 31 އަހަރުގެ ބިދޭސީ ފިރިހެނެއް ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް އޭނާ އާއި ބެހޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައިނުވެއެވެ.

މިއަހަރުގެ މިހާތަނަށް ނަކަލުކޮށްފައިވާ ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު ގިނަ އަދަދެއްގެ މީހުން ހުއްޓުވާފައިވާކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top