އެމެރިކާގެ ކުޅަދާނަ ލަވަކިއުންތެރިޔާ ކެމީލާ މިފަހަރު ފެނިގެން ދާނީ ފިލްމު “ސިންޑްރެއްލާ” އިންނެވެ. ސޮނީ ޕިކްޗާޒްއިން ހަދާ މިފިލްމަކީ މިހާތަނަށް ކެމީލާ ކުޅޭ ފުރަތަމަ ފިލްމެވެ. ސިންޑްރެއްލާގެ ރޯލުން ކެމީލާ ފެނިގެންދާއިރު ޕްރިންސްގެ ރޯލުން ފެނިގެންދާނީ ނިކޮލަސްއެވެ.
މީގެއިތުރުން ޕިއާޒް ބުރޮޒްނަން، ބިލީ ޕޯޓާ އާއި އިޑީނީ މެންޒޭލްވެސް ފިލްމު “ސިންޑްރެއްލާ”އިން ފެނިގެން ދާނެއެވެ.
ކޭ ކެނޯން ޑައިރެކްޓްކުރާ މިއުޒިކަލް ކޮމެޑީ ފިލްމު “ސިންޑްރެއްލާ” ސްކުރީނަށް ގެންނަން ހަމަޖެހިފައިވަނީ 2021ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 5ވަނަ ދުވަހުއެވެ.
އެންްމެފަހުން “ސިންޑްރެއްލާ” ސްކުރީނަށް ގެނައީ 2015ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ޚިޔާލު
