ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިޖޭ އާއެކު މަސައްކަތްކުރުމަކީ ދެކޭ ހުވަފެނެއް – ޖާންވީ

ޖާންވީ ކުޅުމަށް ހަމަޖެހިފައިވާ ފިލްމަކީ ޕްރޮޑިއުސަރ ޕޫރީ ޖަގަންނާދުގެ ކުރިއަށް އޮތް ފިލްމެވެ. މިހާތަނަށް ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާއިރު ފިލްމުގެ ނަންވެސް އަދި ވަނީ ސިއްރުކުރެވިފައެވެ.

ބޯނީ ކަޕޫރް އާ ސްރީދޭވީގެ ދަރިފުޅު ޖާންވީ ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ވިޖޭ އާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމުގައެވެ. އެހުވަފެން ހަގީގަތަކަށް ވުމުން ވަރަށް އުފާކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އިތުރުން ދެކުނު އިންޑިއާގެ ފިލްމުތައް ކުޅުމަށްވެސް ޖާންވީ ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޖާންވީ ބޮލީވުޑަށް ތައާރަފް ވެފައި ވަނީ ކަރަން ޖޯހަރުގެ ފިލްމު “ދަޅަކް”އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top