ބޮލީވުޑްގެ ކާމިޔާބު ތަރި ރާނީ މުކަރްޖީ، “މަރްދާނީ2″ގައި ކުޅެފައިވާ ރޯލަށް ބޮލީވުޑްގެ މަގުބޫލް ތަރި ކާޖޮލް ތައުރީފް ކޮށްފިއެވެ.
“މަޝްހޫރުކަން ނުލިބުނު ހީރޯއެއް އަނެއްކާވެސް “މަރްދާނީ2″އިން ފެނިއްޖެއެވެ. ރާނީއަށްޓަކައި އަހަރެން ފަޚުރުވެރިވަން.”
ކާޖޮލްގެ ޓުވިޓާގައި ބުނެފައިވެއެވެ.
ކާޖޮލް އާ ރާނީ އަކީ ދެބެެންގެ ދެދަރި ދެމީހުނަށް ވިޔަސް އެ ދެމީހުންގެ ތެރޭގައި މާބޮޑު އާއިލީ ގުޅުމެއް ނޯންނަކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެހެންނަމަވެސް “މަރްދާނީ2″ގައި ރާނީ ކުޅެފައިވާ ރޯލަށް ތައުރީފު ކުރުމުގައި އެންމެ ކުރީގައި ހުރި އެކަކު އެއީ ކާޖޮލްއަށް ވުމުން އެދެ ތަރިންގެ އާއިލީ ގުޅުމާއި މެދު ދެކެވޭ ގިނަ ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ގަބޫލު ކުރެވެއެވެ.
ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ “މަރްދާނީ2” ޑައިރެކްޓް ކޮށްފައިވަނީ ގޯޕީ ޕްތުރާންއެވެ.
މީގެއިތުރުން “މަރްދާނީ2″ގައި ރާނީ ކުޅެފައިވާ ފުލުސް އޮފިސަރުގެ ރޯލަށް ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ. ފިލްމު އިންޑަސްޓްރީގެ ގިނަބަޔަކު ބުނަމުންދަނީ އެ ފިލްމުގައި ރާނީ ކުޅެފައިވާ ރޯލަކީ މިހާތަނަށް ރާނީ ކުޅެފައިވާ އެންމެ ފުރިހަމަ ރޯލު ކަމަށެވެ.
ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމު “މަރްދާނީ2″އަށް މިހާތަކަށް ވަނީ 18.15 ލިބިފައެވެ.
