ރާއްޖޭގެ ރަށްތަކަކީ ވަރަށް އަމާން ރައްކާތެރި މާހައުލެއް ކަމަށް ބޮލީވުޑްގެ ތަރި ޝެނާޒް ބުނެފިއެވެ.
“މިތާނގައި ކްރައިމް ރޭޓެއްނެތް. މީ ވަރަށް ރައްކާތެރި މާހައުލެއް” 2003ވަނައަހަރު ނިކުތް ފިލްމު “އިޝްކް ވިޝްކް”އިން ގިނަބައެއްގެ ލޯބި ހޯދާފައިވާ ޝެނާޒް ބުނެފައިވެއެވެ.
ރާއްޖޭގެ ރަށްރަށުގައި ޝެނާޒް ނަގާފައިވާ ވީޑިއޯތައް ވަނީ، އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.
“ރާއްޖޭގެ ގެތަކުގެ ދޮރުތައް ހުންނަނީ ހުޅުވާފަ. ގެތަކަށް ވަދެގެން ހަމަ ދާންވީ. ދޮރު ލައްޕާނަމަ ލައްްޕާނީ އެމީހުން ޕްރައިވެޓް ކަމެއް ކުރަންވީމަ.” ރަށެއްގައި ނަގާފައިވާ ވީޑިއޯއެއް ފަށަމުން ޝެނާޒް ބުނެފައިވެއެވެ.
ޝެނާޒް މިހާރު ބޮޑަށް މަޝްހޫރުވެފައިވަނީ ޓްރެވަލް ވީލޮގްއެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ޚިޔާލު
