ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިލިމާލޭ ގައި ތަރައްޤީ ކުރާ ފުޓްބޯޅަ ޓްރެއިނިންގ ސެންޓަރުގެ ބިންގާ އަޅައިފި

އޭއެފްސީގެ ރައީސްގެ ޚާއްޞަ ޕްރޮޖެކްޓް، “އޭއެފްސީ ޕްރެޒިޑެންޓްސް އިންފްރާސްޓްރަކްޗަރ އިނިޝިއޭޓިވް ޕްރޮޖެކްޓް” ގެ ދަށުން ވިލިމާލޭ ގައި ތަރައްޤީ ކުރާ ފުޓްބޯޅަ ޓްރެއިނިންގ ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

އިއްޔެ މެންދުރު ވިލިމާލޭ ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޙްލޫފާއި، އެފްއޭއެމް ގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ވިލިމާލޭ ގައި ބޮޑު ޓާފް ދަނޑަކާއި، އެކޮމަޑޭޝަން އިމާރާތަކާއި، ފެސިލިޓީ އިމާރާތެއް އެޅުމަށް ނިންމާފައިވެއެވެ. ދެ ޗޭންޖިން ރޫމާއި، ރެފްރީންނަށާއި، މެޗު ކޮމިޝަނަރަށް ޚާއްޞަ ދެ ކޮޓަރީގެ އިތުރުން ކުޅުންތެރިންނަށް ވަކި ސަރަހައްދެއް ފެސިލިޓީ އިމާރާތުގައި ހިމެނޭނެ ކަމަށް އެފްއޭއެމް އިން ބުނެފައިވެއެވެ.

ފޮޓޯ: އެފްއޭއެމް

އެކޮމަޑޭޝަން އިމާރާތުގައި ދެ ކޮޓަރީގެ 8 އެޕާޓްމަންޓް އެޅުމަށް ނިންމާފައި ވާއިރު، އެ އެޕާޓްމަންޓްތައް ޚާއްޞަކޮށްފައި ވަނީ ފުރަތަަމަ ޑިވިޝަނުގެ ޓީމުތަކަށެވެ. ކުރިއަށް އޮތް ހަތަރު މަސްދުވަސް ތެރޭގައި އެއްކޮށް ނިންމައި ހަވާލުކުރާގޮތަށް މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top