ކަރީނާ ކަޕޫރް އަދި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމޫރް އަލީ ޚާންގެ ތިންވަނަ އުފަންދުވަސް ފާހަގަ ކޮށްފިއެވެ.
މުމްބާއީގައި ތައިމޫރްގެ އުފަންދުވަސް ފާހަގަ ކޮށްފައިވާއިރު ކަރީނާ އަދި ސައިފްގެ އާއިލާ އާއި ރަށްޓެހިން ވަނީ ބައިވެރިވެފައެވެ.
ކަރީނާ ކަޕޫރްގެ އަލަތު ދަރިފުޅު ތައިމޫރަށް އުފަންދުވަހުގެ ތަހްނިޔާ ވަރަށް ލޯތްބާއެކު ކިޔާފައިވެއެވެ. އެ ހަފްލާގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް އޭނާ އިންސްޓަގްރާމްގައިވެސް ވަނީ ހިއްސާ ކޮށްފައެވެ. މީގެ އިތުރުން ކަރީނާ އިތުރު ދަރިއެއް ހޯދުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް، އޭނާ އެކި އިންޓަވިއުތަކުގައި ތަކުރާރު ކޮށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލު
