ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްޕީ ކަޕް 2019 ގެ ދެވަނަ މެޗު ފޯރިގަދަ ކުޅުމަކަށްފަހު ވޭމަންޑޫ ކާމިޔާބުކޮށްފި

ކޮޅުމަޑުލު ތިމަރަފުށީގައި ކިނބިދޫ އަދި ތިމަރަފުށީ ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އޮނަރަބަލް އަބްދުﷲ ރިޔާޒް ބާއްވާ “އެމްޕީ ކަޕް 2019” ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު ވޭމަންޑޫ ކާމިޔާބުކޮށްފިއެވެ.

މިއަދުގެ މެޗު ވޭމަންޑޫ ކާމިޔާބުކުރީ ފޯރިގަދަ ކުޅުމަކަށްފަހު، ހިރިލަންދޫ ގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ގޯލު ފުރަތަަމަ ހާފުގެ 29 ވަނަ މިނެޓުގައި ވޭމަންޑޫ ޓީމުގެ އަދުހަމް ޝަރީފު ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ނަބީލް އަހުމަދު އެވެ. ދެ ޓީމުން ވެސް ގޯލު ޖަހާނެ ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް ފުރަތަަމަ ހާފުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައި ނުވެއެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ވޭމަންޑޫ ޓީމުން ކަން ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފު ފެށުނުތަނާ ވޭމަންޑޫ ޓީމުން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. 47 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ނަދީމް އަހުމަދު އެވެ. މި ގޯލަށްފަހު ވެސް ދެ ޓީމަށް ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ ފަހު ފަނަރަ މިނެޓުގައި ހިރިލަންދޫ ޓީމުން ގޯލެއް ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ. ހިރިލަންދޫ ޓީމުން ކާމިޔާބުކުރި ގޯލަކީ ވޭމަންޑޫ ޓީމުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 75 ވަނަ މިނެޓުގައި ހިރިލަންދޫ ޓީމުން ފޮނުވާލި ހަމަލާއެއް ސާފުކޮށްލަން އުޅުމުގެތެރޭގައި ވޭމަންޑޫ ޓީމުގެ ފުރަތަަމަ ގޯލު ކާމިޔާބުކޮށްދިން ނަބީލް އަހްމަދު އަތުން ވަނީ ބައިކޮޅަށް ވަދެފައެވެ. މެޗު ނިމެން އުޅެނިކޮށް 87 ވަނަ މިނެޓުގައި ހިރިލަންދޫ ޓީމުގެ އިސްމާއިލް ޝިހާމް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މުބާރާތަށް ވޭމަންޑޫ ޓީމުން ނުކުމެފައި ވަނީ ރާއްޖޭގެ ފުރަތަަމަ ޑިވިޝަނުގެ ކުލަބުތަކަށް ކޯޗުކަން ކޮށްދީފައިވާ މަޝްހޫރު އަދި ތަޖުރިބާކާރު ކޯޗު މުހައްމަދު ނަޒީހު އާއި އެކު ކަން ފާހަގަކޮށްލެވެއެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވޭމަންޑޫ ޓީމުގެ ނަދީމް އަހުމަދު އެވެ.

މެޗުގެ މޮޅުކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ / ފޮޓޯ: އަހުމަދު ނާސިރު

މި މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ހަވީރު 16:00 ގައި ބައްދަލުކުރާނީ ތިމަރަފުއްޓާއި، ވަންދޫ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Mikal6 އަހަރު ކުރިން

varah rangalhu kamah faahaga koh shukuru dhannavan. shukuriyyaa Shamin.

Home
Menu
Search
Back to top