ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުސްތާޤް “މަލާމާތް” ކޮށްލައިފި

މި މަހު އުފެދިގެން އައި ރެކޯޑް ލޭބަލް އެއް ކަމަށްވާ ‘ޑީބީ ރެކޯޑްސް‘ އިން އެ ލޭބަލްގެ ފުރަތަމަ ސިންގަލް މި ހިނގާ ޖެނުއަރީ މަހު ރިލީޒްކުރާނެކަމަށް އެ ރެކޯޑްސް އިން ބުނެފިއެވެ.

‘ޑީބީ ރެކޯޑްސް‘ގެ ފުރަތަމަ ސިންގަލް އިން އިވިގެން ދާނީ މުޅިން އައު އަޑެއް ކަމުގައި ލޭބަލްގެ ސީއީއޯ އަޙްމަދު ފަތީން މުނިއަވަސް އަށް މައުލޫމާތުދެމުން ބުންޏެވެ.

‘ޑީބީ ރެކޯޑްސް‘ގެ ފުރަތަމަ ސިންގަލް “މަލާމާތް” ކިޔާފައިވަނީ އިސްމާޢީލް ޝިޔާރު (އިއްސޭ) އެވެ. ‘ޑީބީ ރެކޯޑްސް‘ އިން މި ވަނީ ދިވެހި މިއުޒިކް ސިނާއަތުގެ ތެރެއަށް އައު އަޑުތަކެއް ތައާރަފުކުރުމަށް އަމާޒުހިފާފައެވެ. އެގޮތުން އިއްސެއަކީ ވެސް ‘ޑީބީ ރެކޯޑްސް‘ އިން ރީތި އަޑެއްހޯދުމަށް ކުރި މަސައްކަތުގައި މި ލޭބަލްގެ ފައުންޑަރ މުސްތާޤް އާއި ހަމައަށް ޔާމްބެ ގެނެސްދިނުމުން މުސްތާޤްގެ ކަންފަތުގައި އަޅައިގަތްހިތްގައިމު އަޑެކެވެ.

އިއްސެ ވަނީ މީގެ ކުރިން “ކާކު؟” ފިލްމަށް ‘ބުނެބަލާށޭ ކަލާ‘ގެ ނަމުގައި ހިތްގައިމު ލަވައެއް ކިޔައިދީފައެވެ. ނަމަވެސް ‘މަލާމާތް’ ވެގެންދާނީ އިއްސެގެ އަމިއްލަ ފުރަތަމަ ސިންގަލްއަށް ކަން ފާހަގަކޮށްލެވެއެވެ.

‘ޑީބީ ރެކޯޑްސް’ އަކީ އުފެދުމާއެކު ގިނަ ބައެއްގެ ލޯތައް އެ ލޭބަލް އަށް ހުއްޓިފައިވާ އުއްމީދީ ލޭބަލްއެކެވެ. މީގެ މައިގަނޑު ސަބަބަކީ ފައުންޑަރ މުސްތާޤް މޫސާއަކީ މީގެ ކުރިންވެސް “ޝައްކު”، “ސޮރީ ހަނީ”، “ނޮއިސް”، “ވަގުތު” އަދި “މާޒީ” ފަދަ ހިތްގައިމު އަދި އެހާމެ ތަފާތު ލަވަތައް ޕްރޮޑިއުސްކޮށް އެހުންތެރިންނާ ހަމައަށް ގެނެސްދިނުމުގައި ހިއްސާވެފައިވާ ފަރާތަކަށް ވާތީކަން ފާހަގަކޮށްލެވެއެވެ.

މިވެސް ކިޔާލަން:  ބީޓޮލޮޖީގެ "ކޯޅިމާ" ތަފާތުވެފަ އެހާމެ ޗާލު!

ކޮންމެއަކަސް، މުސްތާޤް ކޮށްފައިވާ “މަލާމާތް” އަޑުއަހައިލަން ތައްޔާރަށް ތިބެމާ ހިނގާށެވެ.

‘ޑީބީ ރެކޯޑްސް’ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top