ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފިރިހެނުންގެ ނަން ލިސްޓުން މިންވަރެއް

ޖިންސުގެ ހަމަހަމަކަމަށް ދައުވާކުރާ ދުވަސްވަރެއްގައި ކަނބަލުންގެ ނަން ލިސްޓުން މިންވަރެއް ބަޔާކޮށްފައި މަޢުޟޫ ބަންދުކޮށްފިނަމަ އޮންނާނީ ފިރިހެނުންގެ ހައްގު ގެއްލި ހަމަހަމަކަން ވެސް ގެއްލިފައެވެ. ވުމާއިއެކު ހަމަހަމަ ވެވޭތޯ ބެލުމުގެ ގޮތުން ފިރިހެނުންގެ ނަން ލިސްޓުން ވެސް މިންވަރެއް ހިއްސާކޮށްލެވޭތޯ އަޅުގަނޑު މަސައަކަތް ފެށީމެވެ.

ބައެއް ނަންނަން ފެނުނީމާ ހިނިއަންނަ ގޮތްވެސް ވެއެވެ. ސަބަބަކީ އެ ނަންތައް މިހާރަށް ބީރައްޓެހިވުމެވެ. ނުގުޅުމެވެ. މައްސަލައެއްނެތެވެ. ދިވެހިންގެ ތާރީޚު ހޯދައި ބަލައިލުމުން އެކިދުވަސްވަރު ފިރިހެނުންނަށް އެ ދުވަސްވަރަކާއި، އަދި އެ ހާލަތަކާއި ގުޅޭގޮތުން މުޚާތަބު ކުރެވެމުން އައިސްފައިވާ ނަންތައް ވެސް ނުހަނު ގިނައެވެ. 

ފިރިހެން ދަރިފުޅަށް ލޯބިން ދޮންފުތު ކިޔައިއުޅޭއިރު ހަމަ މި ނަން ފިރިހެނުންނަށް ވެސް ލޯބިންކިޔައި އުޅުނެވެ. މިހާރު ވެސް އަޑުއިވެމުން އަންނަ ކަލޯއަކީ އިހުގައި ތިމާއަށްވުރެ ހަގު ތިމާގެ ފިރިހެން ކުއްޖާއަށް ލޯބިން ކިޔައި އުޅުނު ނަމެކެވެ.

ބައެއް ނަންނަމަކީ ދެ ޖިންސަށް ވެސް ނިސްބަތްވާ ނަންނަމެވެ. މިގޮތުން ދޮންދީދީ ފިރިހެނުންނަށް ވެސް އަދި ކަނބަލުންނަށް ވެސް ކިޔައި އުޅުނެވެ. މީގެ އިތުރުން މަޖާޒީގޮތުން އަންހެންދުޅާގެ ފިރިހެނުންނަށް ސީދީ ކިޔައިއުޅެއެވެ.

އިހުޒަމާނުގައި ފިރިހެނުންނަށް މަލާމަތްކޮށް ދެރަކޮށްލަން ބޯލަބޭގެ ނަމުންގޮވައި އުޅެއެވެ. މީގެއިތުރުން ހަމަ ފިރިހެނުން ދެރަކޮށްލައި ނިކަމެތިކޮށްލުމުގެ ގޮތުން ކަލޯގެ ނަމުންވެސް މުޚާތަބުކޮށް އުޅެއެވެ.

މިފަދަ ނަންތައް ހުރިހައި ފަންތިއަކާއި ގިންތިއެއްގައި ހުރިއިރު، ޤައުމުގެ އެތެރޭގެ ކަންކަން ބެލެހެއްޓުމަށްޓަކައި އިސްކުރާ މީހާއަށް ހަނދޭގިރި ކިޔާއުޅުނެވެ. އަދި ރަންނަބަނޑޭރި ފަދަ ނަންނަމަކީ ވެސް ކޮލީ ނަންނަމެވެ. ރީތިކޮށް ޤުރުއާން ކިޔަވައި އެކަމުގެ ފުންނާބު އުސް މީހުންނަށް މުކުރިޔާގެ ނަމުން ކިޔައި އުޅުނެވެ.

ބަޔާންކުރެވިދިޔަ ނަންތަކުގެ އިތުރުން ސޮރު، ރެކިޔާ، ރައްކަލު،. ރެކިފުތު، މޮހޮނު، ދޮންސޮރު، ދޮންތަކުރު، ތަކުރު ފަދަ ނަންނަމަކީ ވެސް އިހުގައި ދިވެހިންގެ ތެރޭގައި ފިރިހެނުންނަށް މުޚާތަބު ކުރެވިފައިވާ ނަންނަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top