ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
‏މިވަގުތު ޗައިނާއަށް ދަތުރުކުރުމާއި މެދު

މިހާ ހިސާބަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ ވެސް  ޗައިނާއިންނެވެ. މިއަދާއި ހިސާބަށް ގިނަޤައުމުތަކަކުން މި ވައިރަސް މި ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މިވަގުތު ވެސް މި ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ޤައުމަކީ ޗައިނާއެވެ. ވުމާއިއެކި މިހާލަތުގައި ޗައިނާއަށް ދަތުރު ކުރުމުގެ ހުކުމް މުސްލިމުން ދެނެގަތުން މުހިންމުކަމުގައި ދެކެމެވެ. ސަބަބަކީ މުސްލިމުން ކޮންމެ ކަމެއްގައި ވެސް ބަލަންވާނީ އިސްލާމީ ޝަރީއަތުގައި އެކަންކަމަށް އިރުޝާދު ދީފައިވާގޮތް ކަމަށްވާތީއެވެ.

މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރޭނަމަ އެ ބަލި ނުޖެހިތިބި މީހުން އެރަށް ދޫކޮށް އެހެން ރަށަކަށް ދިޔުމާއި އަދި އެރަށުން ބޭރު އެހެން ބަޔަކު އެ ރަށަށް ދިއުމަކީ މަކުރޫހަ ކަމެކެވެ. 

މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ ۗ (النساء٧٨) މާނައީ: އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައި ވިޔަސް ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައި މީހުން އަތުލާނެތެވެ.

އެހެން އާޔަތެއްގައި މާތް الله ވަހީކުރައްވާފައި ވެއެވެ. وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ (البقرة ١٩٥) މާނައީ: އަދި ތިޔަބައި މީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފުސުތައް ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ.

وعن أسامة بن زيد رضى الله عنهما، عن النبي صلي الله عليه وسلم قال: إذا سمعتم الطاعون بأرض، فلاتد خلوها، وإذا وقع بأرض، وأنتم فيها، فلا تخرجوا منها (متفق عليه)

މާނައީ: މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އުސާމަތުގެފާނު ދަރިކަލުން ޒައިދުގެފާނު ކިބައިން ރިވާވެގެންވެއެވެ. (އެ ކަލޭގެފާނު ވިދާޅުވިއެވެ.) މާތް ނަބިއްޔާ صلي الله عليه وسلم ހަދީޘް ކުރެއްވިއެވެ. ރަށެއްގައި ޠާޢޫނުބަލި ފެތުރިފައިވާ ޚަބަރު ތިޔަބައި މީހުންނަށް ލިބިއްޖެނަމަ ފަހެ، ތިޔަބައި މީހުން އެ ރަށަކަށް ނުވަންނާށެވެ. އަދި ތިޔަބައި މީހުން ތިބިރަށެއްގައި އެ ބަލި ފެތުރިއްޖެނަމަ، ތިޔަބައި މީހުން އެ ރަށަކުން ނުނިކުންނާށެވެ.

އިސްވެ ބަޔާންވެ ދިޔަ އިރުޝާދުތަކަކީ މުޅި އިންސާނިއްޔަތަށް ވެސް މިފަދަ ހާލަތެއްގައި ޢަމަލުކުރުން އެންމެފައިދާ ބޮޑު ގޮތެވެ. އަދި މިފަދަ ހާލަތްތަކުގައި މުސްލިމް ނޫން ޤައުމުތަކުގައި ވެސް އަމަލުކުރަނީ މިފަދަ ގޮތަކަށެވެ. ނަމުން ކަރަންޓީން ކިޔައި އުޅުނަސް އުސޫލަކީ މީގެ އެތަކެއް ޤަރުނެއްގެ ކުރިން އެންމެ ފުރިހަމަ ދީނުގައި ބަޔާާންވެގެން އައިސްފައިވާ އެންމެ ފުރިހަމަ އުސޫލެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top