ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އިޓާލިއަން ލީގުގައި ދެވަނަ އަށް އެންމެ އަވަހަށް 50 ގޯލު ހަމަކުރީ ރޮނާލްޑޯ

އިޓާލިއަން ލީގު ގެ ތާރީޚުގައި ދެވަނައަށް އެންމެ އަވަހަށް 50 ގޯލު ހަމަކުރި ކުޅުންތެރިއަކަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ޔުވެންޓަސް ގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.

2018 ވަނަ އަހަރު ޔުވެންޓަސް އާއި ގުޅުނު ރޮނާލްޑޯ އޭނާގެ ފުރަތަަމަ ސީޒަނުގައި ވެސް އެޓީމަށް 28 ގޯލު ޖަހާދީފައިވެއެވެ. އިޓާލިއަން ލީގުގައި އެންމެ ފަހުން ޔުވެންޓަސް ކުޅުނު މެޗުގައި ފިއޮރެންޓީނާ ކޮޅަށް ޖެހި ދެ ގޯލާއި އެކު، މި ސީޒަނުގައި މިހާތަނަށް އޭނާ ވަނީ 22 ގޯލު ޖަހާފައެވެ.

އިޓާލިއަން ލީގުގައި ރޮނާލްޑޯ 50 ގޯލު ޖަހާފައިވަނީ ޖުމުލަ 70 މެޗުންނެވެ. ރޮނާލްޑޯ އަށްވުރެ އަވަހަށް 50 ގޯލު ޖަހާފައިވަނީ އޭސީ މިލާނުގެ ލެޖެންޑް އަންދްރޭ ޝެވްޗެންކޯ އެވެ. އޭނާ 50 ގޯލު ޖަހާފައިވަނީ 69 މެޗު ކުޅެގެންނެވެ.

 

އިޓާލިއަން ލީގުގައި އެންމެ އަވަހަށް 50 ގޯލު ހަމަކުރި ދިހަ ކުޅުންތެރިން:

1. އަންދްރޭ ޝެވްޗެންކޯ – 69 މެޗު

2. ކްރިސްޓިއާނޯ ރޮނާލްޑޯ – 70 މެޗު

3. ލުއިސް ރޮނާލްޑޯ – 77 މެޗު

4. މާކޯ ވެން ބާސްޓެން – 83 މެޗު

5. މިޝޭލް ޕްލެޓިނީ – 84 މެޗު

6. ގެބްރިއަލް ބަޓިސްޓޫޓާ – 85 މެޗު

7. ޑޭވިޑް ޓްރެޒެގޭ – 86 މެޗު

8. އެޑިން ޒެކޯ – 92 މެޗު

9. އެޑްރިއާނޯ – 95 މެޗު

10. ގޮންޒާލޯ ހިގުއައިން – 96 މެޗު

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top