އެކްޓިން ވާރކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުޞަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ހުޅުވާލައިފިއެވެ.
މިއީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރ ގުޅިގެން ދިއްލީގެ ނޭޝަނަލް ސްކޫލް އޮފް ޑްރާމާގެ ޑައިރެކްޓަރ އަދި އެސޯސިއޭޓްގެ ދެ ޕްރޮފެސަރާއެކު ބާއްވާ އެކްޓިން ވާރކްޝޮޕެކެވެ.
މި ވާރކްޝޮޕް އޮންނާނީ 22 ފެބްރުއަރީ 2020 ން 26 ފެބްރުއަރީ 2020 އަށް މާލޭގައި ކަމަށް އެންސީއޭ އިން ހާމަކުރައްވައެވެ.
މި ވާކްޝޮޕްގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 13:30 ގެކުރިން އެންސީއޭގެ މެއިލް [email protected] އަށް ސީވީ ފޮނުއްވުން އެ ސެންޓަރުން އެދިލައްވައެވެ.
ކިޔުންތެރިންގެ ޚިޔާލު
