ރެޑްބުލް އެނާޖީ ޑްރިންކްގެ ފަރާތުން ރާއްޖެގައި ބާއްވަމުން އަންނަ ރެޑްބުލް ވިނިން ފައިވް- މޯލްޑިވްސް 2020 މުބާރާތުގެ ކުޅުދުއްފުށީގެ ޗެމްޕިއަންކަން ޓީމު ބޭލާއިން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ޓީމު ބޭލާއިން ހޯދާފައިވަނީ ފައިނަލް މެޗުގައި ޓީމު ބަދަވީންނާއި ވާދަކޮށް ފުރިހަމަ ވަގުތު ހަމަވިއިރު ސުމެއްސުމެއްގެ ނަތީޖާއިން ދެޓީމު އެއްވަރު ވުމުން ކުޅުނު ޕެނަލްޓީއިން ކުރިހޯދައިގެންނެވެ. ޓީމު ބޭލާއަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ޓީމެކެވެ. އަދި ޓީމު ބަދަވީންނަކީ ހަނިމާދޫއަށް ނިސްބަތްވާ ޓީމެކެވެ.

ފޮޓޯ: އައިވެލް ޕޯޓްރެއިޓް
މިއަދު ކުޅުދުއްފުށީ ކޮރަލް ފުޓްބޯޅަ ދަނޑުގައިކުރިއަށް ގެންދެވުނު މި މުބާރާތުގައި ނުވަ ޓީމަކުން ވާދަކޮށް ޖުމުލަ ނަވާރަ މެޗުވަނީ ކުޅެފައެވެ.

ފޮޓޯ: އައިވެލް ޕޯޓްރެއިޓް
މި މުބާރާތުގެ އަތޮޅުބުރު ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް މި އަހަރު ޖޫން މަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ބުރަށް ކޮލިފައިވެގެން ދާނެއެވެ.

ފޮޓޯ: އައިވެލް ޕޯޓްރެއިޓް
މި މުބާރާތުގެ ޗެމްޕިއަންސް ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ފަންސާސް ހާސް އަދި ރަނަރަޕަށް ފަންސަވީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފޮޓޯ: އައިވެލް ޕޯޓްރެއިޓް
މި މުބާރާތުގެ ހދ. އަތޮޅުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް މިއަދު ކުޅެނިމިފައި ވާއިރު މި މުބާރާތުގެ މެޗުތައް ހއ. ހޯރަފުށީގައި މާޗުމަހު ސާދަވަނަ ދުވަހު، އަދި އިހަވަންދޫގައި އެޕްރީލުމަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ
