ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބަޅިނދު” ގެ ތަރިންގެ ޕޯސްޓަރުތައް ދައްކާލައިފި

ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭން ނިންމާފައިވާ ބިރުވެރި ފިލްމު “ބަޅިނދު” ގެ ކެރެކްޓަރ ޕޯސްޓަރުތައް ދައްކާލައިފިއެވެ.

ފިލްމު “ބަޅިނދު” ގެ މުހިންމު ކާސްޓުންގެ ގޮތުގައި ޖުމައްޔިލް ނިމާލް (ޖުމަލް)، އިސްމާޢީލް ޖުމައިހް (ޖުމާ)، އައިމިނަތު ރަޝްފާ (އާޝާ)، ސަރާގެ އިތުރުން މުޙައްމަދު ޔުނާން އާއި ހުނޭޝާ އާދަމް ނަސީރު، މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

ފިލްމު “ބަޅިނދު” ގެ ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހިމް އެވެ. މިއީ ހަގީގީ ހާދިސާތަކެއް ހިމަނައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ފިލްމު “ގޮށްރާޅު” ވެސް ޑައިރެކްޓްކުރި އަހްމަދު ޝިނާންއެވެ.

މި ފިލްމުގެ ވެސް ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުއާދު ތައުފީގެވެ.

މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ލޭބަލްގައި އުފައްދާ 14ވަނަ ފިލްމެވެ.
ފިލްމު “ބަޅިނދު” ގެ ޕޯސްޓަރުތައް ދައްކާލާފައިވަނީ ޑާކް ރެއިން އެންޓަޓެއިންމެންޓުން ފިލްމުގެ ތަރިން ތައާރަފުކުރާ ސްޓައިލްގައެވެ. ޕޯސްޓަރުގެ ފަސްމަންޒަރުން ފެންނަނީ ފިލްމުގެ ޓީޒާގައި ދައްކައިލި ދޮލަނގެވެ. އެ ދޮލަނގުން ފެންނަނީ ފަންޑިތަ ސިހުރުވެރިކަމުގައި ތަށި ދުއްވުމަށް އަކަ ޖަހާގޮތަށް ޖަހާފައިވާ އަކައެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top