ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހޮޓާތައް ކޮރޯނާގެ ފަރުވާއަށް ދިންކަމަށް ބުނާ ޚަބަރު ދޮގުކޮށްފި

ޕޯޗުގަލްގެ ތަރި އަދި ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކުރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ އަގުބޮޑު ހޮޓާތައް ކޮރޯނާ ވައިރަސްއަށް ފަރުވާ ކުރާ މަރުކަޒުތަކަކަށް ހަދައި އެ މަރުކަޒުތަކުން ކޮރޯނާ ވައިރަސްއަށް ހިލޭ ފަރުވާ ކުރެވޭނެ ކަމަށް ބުނެ ފެތުރުނު ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ބުނެފިއެވެ.

ކުޅިވަރު ގެ މަޝްހޫރު މީޑިއާއެއް ކަމުގައިވާ ގޯލް.ކޮމް އިން މިއީ ދޮގެއް ކަމުގައި ބަޔާންކޮށްފައިވާއިރު ޕޯޗުގަލްގެ ވެރި ރަށް ލިސްބަންގައި ހުރި ރޮނާލްޑޯގެ އެއްވެސް ހޮޓަލެއް ހޮސްޕިޓަލްތަކަކަށް ބަދަލު ކޮށްފައެއްނުވެއެވެ.

މި ވާހަކަތައް ދޮގުކުރި ކަމުގައި ވީނަމަވެސް ރޮނާލްޑޯ ވަނީ މިއަދު ގިނަ ހިކުމަތްތެރި މެސެޖު ތަކެއް އޭނާގެ ސަޕޯޓަރުންނަށް ދީފައެވެ. އެގޮތުން މި ދަނޑިވަޅުގައި އެންމެ ބުއްދިވެރީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އިރުޝާދު ދޭ ގޮތަށް ޢަމަލު ކޮށްގެން ކަމަށާއި އެންމެން އެކުވެ މަސައްކަތް ކުރަންޖެހޭ ކަމަށް ރޯނާލްޑޯވަނީ ގޮވާލާ ފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top