ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔުވެންޓަސް އިން ރޮނާލްޑޯ އަށް އިތުރު ދެ އަހަރުގެ އެއްބަސްވުމެއް ހުށަހަޅަނީ

ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އިތުރު ދެ އަހަރުގެ އެއްބަސްވުމެއް ހުށަހެޅުމަށް ޔުވެންޓަސް އިން ތައްޔާރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިހާރު އުމުރުން 35 އަހަރު ފުރިފައިވާ ޕޯޗުގަލް ގެ ތަރި މި ސީޒަނުގައި ކުޅުނު 32 މެޗުން 25 ގޯލު ޖަހާފައިވާއިރު، އުމުރުން މަތިވުމުގެ ސަބަބުން އޭނާގެ ކުޅުމުގެ ފެންވަރަށް މާބޮޑު ބަދަލެއް ނާންނަ ކަން ފާހަގަކޮށްލެވެއެވެ. ދާދި ފަހުން ޖެހި ޖެހިގެން 11 މެޗުގައި ގޯލު ޖަހައިގެން އޭނާ ވަނީ އިޓާލިއަން ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުތަކުގައި ގޯލު ޖެހުމުގެ ރެކޯޑާއި އަރާ ހާމަކޮށްފައެވެ. މި ރެކޯޑް ރޮނާލްޑޯ އާއި އެކު ޙިއްޞާކުރަނީ ނިމިދިޔަ ސީޒަނުގައި ޖެހިޖެހިގެން 11 މެޗުގައި ގޯލުޖެހި ސަމްޕްޑޯރިއާ ގެ ފަބިއޯ ކުއަގްލިއަރެއްލާ އާއި، 1994 ވަނަ އަހަރު ފިއޮރެންޓީނާ އަށް ކުޅެމުން ޖެހިޖެހިގެން 11 މެޗުގައި ގޯލުޖެހި ގެބްރިއަލް ބަޓިސްޓޫޓާ އެވެ.

ކުރިން ސަންތޯސް، މެންޗެސްޓަރ ޔުނައިޓެޑް އަދި ރެއާލް މެޑްރިޑަށް ކުޅެފައިވާ ރޮނާލްޑޯ ޔުވެންޓަސް އާއި އެކު ހަދާފައިވާ އެއްބަސްވުން ޖޫން 2022 އަށް ހަމަވާއިރު، ޔުވެންޓަސް އިން އެކުލަބުގައި ރޮނާލްޑޯ މަޑުކުރުވަން ބޭނުންވާކަމަށް ރިޕޯޓުތައް ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top