ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 އަށް ހަބޭސްއިން ހެދި ވަރަށް ހަބޭސް އިޝްތިހާރެއް!

ކޮވިޑް-19 އަށް ދިވެހިން ހޭލުންތެރިކުރުވުމަށް ދިވެހި ފަންނާނުން އިޝްތިހާރުތައް ހަދަން ފަށާފައި އިރު، މަޝްހޫރު ބޮޑުބެެރު ގްރޫޕް ހަބޭސް އިން ވަރަށް ހަބޭސް އިޝްތިހާރެއް ހަދައި މީސް މީޑިއާއަށް ދޫކޮށްލައިފިއެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ މަޤްބޫލު އެއް ބޮޑުބެރު ގްރޫޕް، ހަބޭސް ބޮޑުބެރު ގްރޫޕުން މިރޭގެ ވަގުތެއްގައި މީސްމީޑިއާއަށް ދޫކޮށްލި ވީޑިއޯ އިން ބުނެދެނީ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް، ސާފުތާހިރުވުމުގެ ގޮތުން ކުރެވިދާނެ ކަންތަކުގެ ވާހަކައެވެ. ކޮމިކް ސްޓައިލްގައި ބޮޑުބެރު ލަވައަކަށް ފައިހަމަކުރަމުން ގެނެސްދީފައިވާ ވީޑިއޯއިން ފެންނަނީ ނެށުމުގެ ހަރަކާތްތަކަކާއެކު އަތްދޮންނަންވީ ރަނގަޅު ގޮތްކިޔައިދީފައިވާ ތަނެވެ.

https://www.facebook.com/244480562242273/posts/3166817466675220/?vh=e&d=n

މި ވިޑިއޯ އަކީ އުރީދޫއާއި ގުޅިގެން ހަބޭސް ބޮޑުބެރުން ގެނެސްދީފައިވާ މަސައްކަތެކެވެ. ތޮލާގުގެ ހިތްގައިމު އަޑުުން ލަވަ ކިޔާފައިވާއިރު، ލިރިކްސް އަދި މުޒިކް ތައްޔާރު ކޮށްފައިވަނީ ކޮކާކޯލާ ހަބޭސް ސްޓޫޑިއޯއިންނެވެ.

“ހިއުމާރ” ބޭނުންކޮށްގެން މިފަދަ ގޮތަކަށް ހޭލުންތެރިކުރުވުމުގެ އިޝްތިހާރެއް ގެނެސްދިނުމަކީ އޭގައި ބުނާ އެއްޗެއް ފަސޭހައިންް ހަނދާނުގައި ބެހެއްޓުމަށް އެންމެ އެކަށީގެންވާ ގޮތްކަމަށް ޤަބޫލުކުރެވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ސިއްޚި ދާއިރާގެ އިތުރުން ރާއްޖޭގެ ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާޢަތްތަކުންވެސް އަންނަނީ ހޭލުންތެރިކުރުވުމުގައި ބައިވެރިވަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top