ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވަޖީހްބެގެ ނަސޭހަތް ހުރިހާކުދިންވެސް އަޑުއަހާތި!

އަދުގެ ތުއްތުކުދިންނަށް، ރާއްޖޭގެ ލިޖެންޑަރީ އެކްޓަރ އަދި ކުރިން ޓީވީއެމްގެ އެންމެ މަޤްބޫލު އެއް ޕްރެސެންޓަރ އިސްމާޢީލް ވަޖީހް ނޭނގިދާނެއެވެ. ނުވަތަ އެހާ ދަންނަ މޫނަކަށް ނުވެދާނެއެވެ. ނަމަވެސް ޓީވީއެމް އިން ކުރިން ގެނެސްދިން ތުއްތުކުދިންގެ ބައެއް ޕްރޮގްރާމްތަކުންވެސް އިސްމާޢީލް ވަޖީހް ބައްދަލުކުރިއެވެ. ވަޖީހްބެގެ ނަމުގައެވެ. އަދުގެ ޖީލުގެ ތުއްތުކުދިންނާއި ކުޑަކުދިންނަށް ވަޖީހްބެ މިވަނީ ރީތި ހަދިޔާއެއް ގެނެސްދީފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެސްދެމުން އަންނަ ޕަބްލިކް ސާރވިސް އެނައުންސްމެންޓް (ޕީއެސްއޭ) ތަކުގެ ސިލްސިލާއަށް އަނެއްކާވެސް މިވަނީ ބޮޅުތަކެއް އިތުރުކޮށްފައެވެ. މިފަހަރު އާއްމުކޮށްފައިވާ ޕީއެސްއޭތައް ވަރަށް ޚާއްޞަ އެވެ. އޭގެ ތެރެއިންވެސް އެންމެ ޚާއްޞަ އެއް ޕީއެސްއޭ ޚާއްޞަކޮށްލާފައިވަނީ ތުއްތުކުދިންނާއި ކުޑަކުދިންނަށެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން އަޑުއިވުމުން މަހުރޫމުވެފައި ތިބި ކުދިންނާއި ފަރާތްތަކަށެވެ.

https://www.facebook.com/125766260836371/posts/2881471385265831/?vh=e&d=n

ފުބޫ، ސުނީ އަދި ވަޖީހްބެ ގެނެސްދީފައިވާ ޕީއެސްއޭ ފުރިހަމަ ކޮށްދެނީ، ޑާކް ރެއިންގެ ލޯބީގެ ފިލްމު “ވަކިން ލޯބިން”ގައި ޗައިލްޑް އާޓިސްޓުންގެ ރޯލު ކުޅެ އެންމެ ފަހުން ބޭއްވި ޤައުމީ ފިލްމު އެވޯޑްސްގައި ސްޕެޝަލް ޖޫރީ ޕްރައިޒް، އެކްސެޕްޝަނަލް ޔަންގް ޓެލެންޓް އެވޯޑް ހޯދާފައިވާ ހުނަރުވެރި މަރިޔަމް ޔަލާ ޝިފާއުގެ އެކްޓިންއިންނެވެ. މީގެ އިތުރުން ‘އިޝާރާތުގެ ބަހުރުވަ’ ނުވަތަ ‘ސައިން ލޭންގުއޭޖް’ގެ ހުނަވެރިކަން ދައްކާފައިވާ ކައިނީގެ އެކްޓިންއިން އެ ޕީއެސްއޭ އަށް އިތުރު ދިރުމެއް ގެނެސްދެއެވެ.

މި ޕީއެސްއޭގައި ވަޖީހް އާއި ފުބޫގެ އަޑުން ކިޔާފައިވާ ތުއްތުކުދިންނަށް ޚާއްޞަ ލަވައެއް ހިމެނޭއިރު، ލަވައަށް އިތުރު ދިރުމެއް ގެނެސްދެނީވެސް އެ ފަންނާނުންގެ ހަރަކާތްތަކުންނެވެ. މިފަހަރުގެ ޕީއެސްއޭގައި ވެސް ކޮވިޑް-19 އާއިމެދު ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކަށް ބަލާލާފައިވާއިރު، ކުޑަކުދިން ގޭގައި ތިބެ ފޫހިފިލުވުމަށް ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލާފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top