ބެލްޖިއަމްގައި ބުޅަލެއް ކޮރޯނާ ވައިރަސްއަށް ފައްސިވެއްޖެއެވެ. ރަޝިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވާގޮތުން މިބުޅާ ކޮވިޑް-19 އަށް ފައްސި ވެފައިވަނީ އޭތި އޮޅުކޮށްގެން ގެންގުޅޭ މީހާގެ ގައިން ވައިރަސް ވާރުތަކޮށްގެންނެވެ.
ބެލްޖިއަމްގެ ކޮރޯނާ ވައިރަސް ސްޕޯކްސްޕާސަން އެމަނުއަލް އޭންޑްރޭއާ ހަވާލާދީ ރަޝިއާ ޓުޑޭގައި ބުނެފައިވަނީ ބުޅަލަށް ކޮވިޑް-19 ޖެހުނުއިރު އޭތި ހުރީ ބަލި ޖެހިގެން އެކަހެރި ކުރެވިފައިވާ މީހަކާ އެކުގައިކަމަށެވެ.
ބަލިވެ އުޅުނު މި ބުޅާ ބައްޔަށް ފައްސިވިކަން އެނގުނީ ކޮވިޑް-19ގެ އަލާމާތެއް ކަމަށްވާ ނޭވާލާން އުނދަގޫވުން ހުރިކަން އެނގިގެން ޓެސްޓްކުރުމުން ކަމަށް ރަޝިޔާގެ ނޫހާއި ހަވާލާދީ ފޮކްސް ނިއުސްއިން ވެސް ބުނެއެވެ.
މިއީ ބުޅަލަކަށް ކޮވިޑް-19 ޖެހުނު ފުރަތަމަ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ކުރިން ޖަޕާނުގެ ދެ ކުއްތާއެއް ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.
ބޭރުގެ އެތަކެއް އޮންލައިން ތަކެއްގައި މި ޚަބަރު ލިޔެފައިވާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!