މާލެ ސަރަހައްދު 24 ގަޑިއިރުގެ ފުރަބަންދަކަށް (ލޮކްޑައުން) ގޮސްފައިވާއިރު، ފުރަބަންދުގެ މުއްދަތުގައި ޑެލިވަރީ ކޮށްދެވޭނެ ވަގުތުތައް ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މާލެ ސަރަހައްދުގައި ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެވޭނީ ހެނދުނު 9:00 ން މެންދުރު 14:00 އަށް، ހަވީރު 15:00 ން 18:00 އަށް، އަދި ރޭގަނޑު 20:00 ން 23:00 އަށް ކަމުގައެވެ.
ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެވޭނީ ޚާއްޞަ ހުއްދަ އެއް ހޯދައިގެން ކަމުގައިވާއިރު، ވެހިކަލްތަކާއި، ޑެލިވަރީ ޚިދުމަތް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން އީމެއިލް ކުރަން ޖެހޭނީ [email protected] އަށް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ޚިޔާލު
